އަފްޣާނިސްތާނު ބިންހެލުމުގައި ސަލާމަތްވި މީހުން ފިނި މޫސުމާ ކުރިމަތިލުން

8 ނޮވެންބަރ 2025 | ހޮނިހިރު 18:38
-
386
ބިންހެލުމާ ގުޅިގެން ކުނާރު ޕްރޮވިންސްގެ ރައްޔިތުން ދަނީ އެކަށީގެންވާ ހިޔާވަހިކަމާއި އަންނައުނު ނުލިބި ފިނި މޫސުމަށް ތައްޔާރުވަމުންނެވެ.
ސަމަންގަން ޕްރޮވިންސްގެ ޚުލްމް ޑިސްޓްރިކްޓްގައި ހުރި ފިހާރަތަކުގެ ބޭރުގައި ފިހާރަތަކުގެ ވެރިން އިށީނދެލައިގެން - ފޮޓޯ: އޭއެފްޕީ
އަފްޣާނިސްތާނުގެ ޚުލްމް އަވަށުގެ ޓަންގް-އޭ ތަޝްކުރުގާންގެ ހައިވޭއެއްގައި ހުރި ހަލާކުވެފައިވާ ފިހާރަތަކުގެ ކުނިތައް އެ ފިހާރަތަކުގެ ވެރިން ހާވަނީ - ފޮޓޯ: އޭއެފްޕީ
ވިންޓާގެ ފިނި ރޭތައް ތަހައްމަލު ކުރުމަށް ފަހު ދުވާލު ގަޑީގައި، އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުމުގައި ސަލާމަތްވި މީހުން އެމީހުންގެ ގެތަކުގެ ކުނިތައް ހާވަނީ - ފޮޓޯ: އޭއެފްޕީ
އަފްޣާނިސްތާނުގެ އުތުރުގައި 6.3 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި މިހާތަނަށް 27 މީހުން މަރުވެ، 1،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފައިވޭ - ފޮޓޯ: އޭއެފްޕީ
އަފްޣާނިސްތާނުގެ ސަމަންގަން ޕްރޮވިންސްގެ ޚުލްމް އަވަށުގެ ވިލެޖެއްގައި ބިންހެލުމެއްގައި ގެއްލުން ލިބުނު ގެއެއްގެ ކުރިމަތީގައި މީހަކު މަޑުކޮށްލައިގެން - ފޮޓޯ: އޭއެފްޕީ
އަފްޣާނިސްތާނުގެ ސަމަންގަން ޕްރޮވިންސްގެ ޚުލްމް އަވަށުގެ ޓަންގް-އޭ ތަޝްކުރުގަން އަށް އައި ބިންހެލުމާ ގުޅިގެން ހައިވޭއެއްގައި ހަލާކުވެފައިވާ ޓްރަކެއް މީހުން ބަލަނީ - ފޮޓޯ: އޭއެފްޕީ