ލޫޓުވައިފި ލޫޓުވައިފި އެއްވުމުގައި ނުހައްޤުން ބަންދުކުރި ހައްޔަރީން ދޫކޮށްލުން

19 އޮކްޓޯބަރ 2025 | އާދީއްތަ 16:15
-
339
ލޫޓުވައިފި ލޫޓުވައިފި މުޒާހަރާ އިން ހައްޔަރު ކުރި 6 މީހުންގެ މުއްދަތު ޖަހަން އާދިއްތަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ދޫކޮށްލާފައެވެ.
އާދިއްތަ ދުވަހު ކޯޓުން ބަންދުގެ މުއްދަތު އިތުރު ނުކުރަން ނިންމާ މި 6 މީހުން ދޫކޮށްލި އިރު ބޭރުގައި މަޑު ކޮށްގެން ތިބި އެމްޑީޕީ ސަޕޯޓަރުން - ފޮޓޯ: އެމްޑީޕީ
ހައްޔަރު ކުރި ފަރާތްތަކުގެ މުއްދަތު އިތުރުކުރުމަށް އާދިއްތަަ ދުވަހު ފުލުހުން ކޯޓުގައި އެދުނު އިރު އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހްމަދު މައުރޫފް ވިދާޅުވެފައިވަނީ ބަންދުގައި ތިބި އެންމެން ވެސް ތަހުގީގަށް ފުރިހަމަ އަށް އެއްބާރުލުން ދީފައިވާ ކަމަށް - ފޮޓޯ: އެމްޑީޕީ
އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އިން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ހައްޔަރުކުރި 8 މީހުން ގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ - ފޮޓޯ: އެމްޑީޕީ

މުއްދަތު ޖަހަން އެދުނު ނަމަވެސް އާދިއްތަ ދުވަހު ކޯޓުން ވަނީ 6 މީހުން ދޫކޮށްލާފައި - ފޮޓޯ: އެމްޑީޕީ
ކްރިމިނަލް ކޯޓުގައި ފުލުހުން ބަންދަން 15 ދުވަސް އިތުރު ކުރުމަށް އެދިފައި ވީނަމަވެސް ކޯޓުން ވަނީ އެމީހުން ދޫ ކޮށްލާފައި - ފޮޓޯ: އެމްޑީޕީ
ލޫޓުވައިފި ލޫޓުވައިފި މުޒާހަރާ އިން ހައްޔަރު ކުރި 6 މީހުންގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކޮށްފައި ވަނީ އާދިއްތަ ދުވަހު - ފޮޓޯ: އެމްޑީޕީ