ޣައްޒާގައި ހިނގަމުންދާ ގަތުލު އާންމު ހުއްޓުވުމަށް ގޮވާލާ އޮސްޓްރޭލިއާގައި މުޒާހަރާ ކުރުން

24 އޯގަސްޓް 2025 | އާދީއްތަ 18:47
-
690
އޮސްޓްރޭލިއާގެ ރައްޔިތުން ފަލަސްޠީނަށް ތާއީދުކޮށް ޤައުމީ ފެންވަރުގައި ހިނގާލުންތަކެއް ބާއްވައިފިއެވެ.
އަލްޖަޒީރާގެ ނޫސްވެރިޔާ އަނަސް އައްޝާރިފްގެ ހަނދާނުގައި ހަދާފައިވާ ބޯޑެއް މެލްބޯންގައި ބޭއްވުނު އިހްތިޖާޖުގައި ފެނުނު - ފޮޓޯ: އޭއެފްޕީ
އޮސްޓްރޭލިއާ އާއި އިޒްރޭލުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން ގޯސްވެގެން ދިޔައީ، އަލްބޭނިއާގެ ލޭބަރ ސަރުކާރުން ޝަރުތުތަކަކާއެކު ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ގަބޫލުކުރާނެ ކަމަށް ބުނުމާ ގުޅިގެން - ފޮޓޯ: އޭއެފްޕީ
ފަލަސްޠީނަށް ތާއީދުކޮށް މެލްބޯންގައި ބޭއްވި އެއްވުމުގައި ގިނަ މީހުން ވަނީ ބައިވެރިވެފައި - ފޮޓޯ: އޭއެފްޕީ
ސިޑްނީގެ މައި ވިޔަފާރި ސަރަޙައްދުގައި ފަލަސްޠީނަށް ތާއީދުކޮށް ބޭއްވުނު ހިނގާލުމެއްގެ ތެރެއިން - ފޮޓޯ: އޭއެފްޕީ
ސިޑްނީގައި، އެއްވުން އިންތިޒާމުކުރި ޖޮޝް ލީސް ބުނީ، އޮސްޓްރޭލިއާގެ ރައްޔިތުން ވަނީ "ޣައްޒާގައި ހިނގަމުންދާ ނަސްްލު ފޮހުމުގެ ޢަމަލުތައް ހުއްޓުވުމަށް އަދި އަހަރެމެންގެ ސަރުކާރުން އިޒްރޭލަށް ދަތިކުރުންތަކެއް ކުރިމަތިކުރުމަށް ގޮވާލުމަށްޓަކައި" ބޮޑު އަދަދަކުން ނުކުމެފައި ކަމަށް - ފޮޓޯ: އޭއެފްޕީ
އޮސްޓްރޭލިއާގެ އެކި ހިސާބު ތަކުގައި އާދިއްތަ ދުވަހު ފަލަސްޠީނަށް ތާއީދުކޮށް 40 އަށް ވުރެ ގިނަ އެއްވުން ބާއްވާފައިވޭ - ފޮޓޯ: އޭއެފްޕީ