ތައުލީމީ ނިޒާމު ފުނޑުފުނޑުވެފައި، އަފްޣާނިސްތާނުގައި ދީނީ މަދަރުސާތައް ކުރަނީ ބުރަ މަސައްކަތެއް

8 އޯގަސްޓް 2025 | ހުކުރު 14:41
-
470
މަދަރުސާތަކަށް ނަން ނޯޓްކުރުން އިތުރުވެފައިވާއިރު، އެއް ސްކޫލެއްގައި ކިޔަވާ ދަރިވަރުންގެ އަދަދު ފަސް އަހަރުގެ ތެރޭގައި 35 އިން 160 އަށް ވަނީ އިތުރުވެފަ އެވެ.
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ތަސްނީމް ނުސްރަތު ދީނީ ތައުލީމު ދޭ މަރުކަޒުގައި ބޭއްވި ދީނީ ކިޔެވުމުގެ ކްލާހެއްގައި އަފްޣާނިސްތާނުގެ އަންހެން ކުދިން ބައިވެރިވަނީ - ފޮޓޯ: އޭޕީ
ހެނދުނުގެ ނާސްތާއިން, އިމާމް އަލް ތިރްމިޛީ ދީނީ މަދަރުސާގައި ދިރިއުޅޭ ދަރިވަރުންގެ ދުވަސް ފަށަނީ - ފޮޓޯ: އޭޕީ
އަފްޣާނިސްތާނުގެ ފިރިހެން ކުދިން ކާބުލްގެ ބޭރުގައި ވާ ކައިރި އަވަށްތަކުން ކާބޯތަކެތީގެ އެހީ ނެގުމަށްފަހު އެމީހުންގެ މިހާރުގެ ގެ ކަމަށްވާ އަބްދުالله އިބްނު މަސްއޫދު ދީނީ ސްކޫލަށް އެނބުރި ދަނީ - ފޮޓޯ: އޭޕީ
އަފްޣާނިސްތާނުގެ ކާބުލްގެ ބޭރުގައި ހުންނަ އަބްދުالله އިބްނު މަސްއޫދު ދީނީ މަދަރުސާގައި ދީނީ ޢިލްމުގެ މުދައްރިސަކު އަފްޣާނިސްތާނުގެ ފިރިހެން ކުދިންނަށް ޤުރުއާން ކިޔަވައިދެނީ - ފޮޓޯ: އޭޕީ
އަފްޣާނިސްތާނުގެ ފިރިހެން ކުދިން ކާބުލްގެ އިމާމް އަލް ތިރްމިދީ ދީނީ މަދަރުސާގެ ތެރޭގައި ހުރި ބިއްލޫރި ފްރޭމެއް ކައިރީގައި މަޑުކޮށްލައިގެން - ފޮޓޯ: އޭޕީ
ނުރަސްމީ ސްކޫލެއްގައި ކިޔަވަމުންދާ އަފްޣާނިސްތާނުގެ އަންހެން ކުދިން ކާބުލްގެ ކެމްޕަސް ތެރެއިން ހިނގާފައި ދަނީ - ފޮޓޯ: އޭޕީ