އީރާނުން އިޒްރޭލަށް ފޮނުވާލި މިސައިލްތައް

23 ޖޫން 2025 | ހޯމަ 21:26
-
3291
އިޒްރޭލުގެ ސިޓީތަކުގައި ސައިރަންގެ އަޑު އިވުނު އިރު، މީޑިއާ ރިޕޯޓްތަކާ އެކު ރެސްކިއު ސާވިސަސް އިން ބުނީ 20 މީހަކު ޒަހަމްވެފައިވާ ކަމަށެވެ.
ތެލްއަވީވްއަށް ދިން ހަމަލާއެއްގައި ޒަހަމްވި އަންހެނަކު ޑޮކްޓަރުން އެމްބިއުލަންސަކަށް އަރުވަނީ - ފޮޓޯ: އޭޕީ
ތެލްއަވީވްއަށް މިސައިލް ހަމަލާއެއް ދިން ސަރަހައްދުގައި އިޒްރޭލުގެ އިމަޖެންސީ ޓީމުތައް ހަރަކާތްތެރި ވަނީ - ފޮޓޯ: އީޕީއޭ
އިޒްރޭލުގެ މެޑިކަލް ސާވިސަސްގެ އިބްތިދާއީ ރިޕޯޓުތަކުން ދައްކާ ގޮތުގައި 20 ވަރަކަށް މީހުން ޒަހަމްވެފައިވޭ - ފޮޓޯ: ރޮއިޓަރސް
ތެލްއަވީވްގައި މިސައިލެއް ޖެހި އިމާރާތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތައް - ފޮޓޯ: ރޮއިޓަރސް
އިޒްރޭލުގެ އަސްކަރިއްޔާއިން ރިޕޯޓްކުރާ ގޮތުގައި އީރާނުން ވަނީ ޖުމްލަ 27 މިސައިލް ހިމެނޭ ދެ ބެރޭޖެއް ފޮނުވާލާފައި - ފޮޓޯ: ރޮއިޓަރސް
ތެލްއަވީވްގައި ހަލާކުވެފައިވާ އިމާރާތަކުން ރައްޔިތުން ނުކުންނަނީ - ފޮޓޯ: ރޮއިޓަރސް