1 ޑިސެންބަރ 2024 | އާދީއްތަ 17:02
-
576
އަށް އަހަރަށް ފަހު ސޫރިޔާގެ ހަނގުރާމަވެރިން އަލެޕޯ ސިޓީގެ ކޮންޓްރޯލް ސޫރިޔާ ސަރުކާރުގެ ސިފައިންގެ އަތުން އަތުލައިފިއެވެ.
ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އަލެޕޯއަށް ވަދެ ހަނގުރާމަވެރިން ދިން ހަމަލާއެއްގައި ސޫރިޔާގެ ގިނަ އަދަދެއްގެ ސިފައިން މަރުވެފައިވާ ކަމަށް ސޫރިޔާގެ އަސްކަރިއްޔާއިން ބުނެފައިވާ ވަގުތެއްގައި، ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ މެމްބަރުން އަލެޕޯގެ މަގެއްގައި - ފޮޓޯ: ރޮއިޓަރސް
އަލެޕޯއިން ބޭރުގެ ސަރަހައްދުތައް ހަނގުރާމަވެރިންގެ ބާރުގެ ދަށަށް - ފޮޓޯ: އޭޕީ ފޮޓޯ
އަލެޕޯގެ އޯލްޑް ސިޓީ ކައިރީގައި އިދިކޮޅު ހަނގުރާމަވެރިން ފޯނުން ފޮޓޯ ނަގަނީ - ފޮޓޯ: އޭޕީ ފޮޓޯ
ސޫރިޔާގެ ހުޅަނގު އުތުރުގެ އިދްލީބް ޕްރޮވިންސްގެ މާރޭ އަލް ނޫމާންއަށް ދާ މަގުގައި ހުރި ޓޭންކެއްގެ މަތީގައި ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން - ފޮޓޯ: އޭއެފްޕީ
ސޫރިޔާގެ ހުޅަނގު އުތުރު އިދްލީބް ޕްރޮވިންސްގެ މާރޭ އަލް ނޫމާންގެ މަގެއްގައި ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން އުފާފާޅުކުރަނީ - ފޮޓޯ: އޭއެފްޕީ
ސޫރިޔާގެ އުތުރުގެ ސިޓީއެއް ކަމަށްވާ އަލެޕޯގައި ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން އިދިކޮޅު ދިދަތައް އުފުލަނީ - ފޮޓޯ: އޭއެފްޕީ