ލުބުނާނުގެ ޓަޔަރ ސިޓީއަށް އިޒްރޭލުން ދިން ޙަމަލާތަކުގެ ނިޝާންތައް

30 ނޮވެންބަރ 2024 | ހޮނިހިރު 19:31
-
581
އިޒްރޭލުގެ އަސްކަރިއްޔާއިން ލުބުނާނުގެ ޓަޔަރ ސިޓީއަށް ދިން ހަމަލާތަކުގައި މުޅި ސިޓީ ވަނީ ވީރާނާވެފައެވެ.
އިޒްރޭލުގެ ހަމަލާއެއްގައި ގެއްލުން ލިބުނު ގެއެއްގެ ކޮޓަރިއެއްގައި ހުރި ކުޑަކުދިންގެ އެނދެއްގެ މަންޒަރު، އަދި ހަލާކުވެފައިވާ ދޮރެއްގެ ތެރެއިން ކުޑަކުދިން ބަލަމުންދާ މަންޒަރެއް - ފޮޓޯ: އޭޕީ
57 އަހަރުގެ ޝައިޚް ޙަސަން އަލް ޙާއްޖު މޫސާ، އިޒްރޭލާއި ޙިޒްބުއްލާއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށްފަހު، ނޮވެމްބަރު 30 ވަނަ ދުވަހު ދެކުނު ލުބުނާނުގެ ސިޓީގައި އިޒްރޭލުގެ ހަމަލާއެއްގައި ގެއްލުން ލިބުނު މިސްކިތެއް ސާފުކުރަނީ - ފޮޓޯ: އޭޕީ
އިޒްރޭލުގެ ހަމަލާއެއްގައި ގެއްލުން ލިބުނު ގެއެއްގެ ވެއްޔާއި ސިމެންތި ތެރޭގައި ތިން ކުދިންގެ ފޮޓޯއެއް އޮތް ތަނެއް - ފޮޓޯ: އޭޕީ
އަންހެނަކު އިޒްރޭލުގެ ހަމަލާތަކުގައި އެ ސިޓީގައި މަރުވެފައިވާ އޭނާގެ ޢާއިލާގެ މެންބަރެއްގެ ގަބުރުގެ ކައިރީގައި އިށީނދެ ހިތާމަކުރަނީ - ފޮޓޯ: އޭޕީ
އިޒްރޭލުގެ ހަމަލާއެއްގައި ގެއްލުން ލިބުނު ގެއެއްގެ ނިދާ ކޮޓަރިއެއްގެ މަންޒަރެއް - ފޮޓޯ: އޭޕީ