އިޒްރޭލުން ދީރް އަލް ބާލާއިން މީހުން ނުކުންނަން އެންގުން

26 އޯގަސްޓް 2024 | ހޯމަ 15:05
-
1207
އިޒްރޭލުން ދީރް އަލް ބާލާއިން މީހުން ނުކުންނަން އެންގުމުން، ބަލި މީހުން އަލް އަޤްޞާ ހޮސްޕިޓަލު ދޫކޮށް ދިޔުމަށް ވަނީ މަޖުބޫރުވެފައެވެ.
އިޒްރޭލުން ހަމަލާއެއް ދީފާނެ ކަމުގައި ތިބި މީހުން، އަލްއަޤްޞާ ޝަހީދުސް ހޮސްޕިޓަލުން ނުކުމެގެން ދަނީ - ފޮޓޯ: ރޮއިޓަރސް
ހޮސްޕިޓަލުގެ އެނދެއްގައި އޮތް ބަލި އަންހެނެއް އޭނާގެ ސާމާނުން ތަކާ އެކީ - ފޮޓޯ: ރޮއިޓަރސް
އިޒްރޭލުގެ ގްރައުންޑް އޮޕަރޭޝަނެއްގެ ބިރު ބޮޑުވެފައި ވަނިކޮށް، ފަލަސްތީނުގެ ބަލި މީހުން އަލްއަޤްޞާ ހޮސްޕިޓަލުން ނެރެން އެހީތެރިކަން ފޯރުކޮށްދެނީ - ފޮޓޯ: ރޮއިޓަރސް
ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) އިން ބުނީ އަލް އަޤްޞާ ޝަހީދުސް ހޮސްޕިޓަލް ކައިރީގައި އެއްޗެއް ގޮއްވާލާފައިވަނީ އެ ހޮސްޕިޓަލް ކައިރީގައި ހުރި ސަރަޙައްދުތަކަށް އިޒްރޭލު ސިފައިން މީހުން ހުސްކުރުމުގެ އަމުރު ނެރުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމަށް - ފޮޓޯ: އަނަދޮލޫ
އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 40،400 އަށް ވުރެ ގިނަ މީހުން މަރުވެ، ގާތްގަނޑަކަށް 93،500 މީހުން ޒަޚަމްވެފައިވޭ - ފޮޓޯ: އަނަދޮލޫ
އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ޚާން ޔުނިސް ކައިރީގައި އޮންނަ ޣައްޒާގެ މެދުތެރޭގެ ދީރް އަލް ބަލާހްގެ ސަރަހައްދުތަކުން މީހުން ހުސްކުރަން އަންގައިފައި - ފޮޓޯ: އަނަދޮލޫ