ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ސޫދާނުގައި ކޮލެރާ ފެތުރެނީ

21 އޯގަސްޓް 2024 | ބުދަ 14:25
-
1142
ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ސޫދާނުގައި ކޮލެރާ ފެތުރެން ފަށައިފިއެވެ.
ގަދާރިފް ސްޓޭޓްގައި ޕޯލިއޯ ކެމްޕޭނެއްގެ ތެރެއިން ސޫދާންގެ ކުއްޖަކަށް ބޭސް ދެނީ - ފޮޓޯ: އޭއެފްޕީ
ބިރާއޯގެ ކޯރްސީ ރެފިއުޖީ ކޭމްޕްގެ ސާފުކުރާ ތަނެއްގައި އަންހެނުންނާއި ކުޑަކުދިން އަންނައުނު ދޮންނަނީ - ފޮޓޯ: އޭއެފްޕީ
ކޮލެރާ ޖެހިފައިވާ ކުއްޖަކަށް ކަސަލާ ސްޓޭޓްގެ ވާދް އަލް ހިލޫގެ ރޫރަލް އައިސޮލޭޝަން ސެންޓަރުގައި ފަރުވާ ދެނީ - ފޮޓޯ: އޭއެފްޕީ
ބަލި ފެތުރުން ހުއްޓުވުމަށް ހެލްތް މިނިސްޓްރީން ކުރިއަށްގެންދާ ކެމްޕެއިންގެ ދަށުން ޑިސްއިންފެކްޓް ޖަހަނީ - ފޮޓޯ: އޭއެފްޕީ
ސޫދާންގެ އިރުމަތީ ސިޓީއެއް ކަމަށްވާ ގަދާރިފްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދޭ މަރުކަޒެއްގައި އަންހެނަކު ކައްކަނީ - ފޮޓޯ: އޭއެފްޕީ
ބީރާއޯގެ ކޯސީ ރެފިއުޖީ ކޭމްޕްގައި އދ.ގެ ރެފިއުޖީންނާ ބެހޭ އިދާރާ (ޔޫއެންއެޗްސީއާރް) އިން ސްޕޮންސާކޮށްފައިވާ "ސޭފް ސްޕޭސް" ގައި އަންހެނުން ގްރޫޕް ޑިސްކަޝަން ހަރަކާތެއްގައި ބައިވެރިވަނީ - ފޮޓޯ: އޭއެފްޕީ