15 އޯގަސްޓް 2024 | ބުރާސްފަތި 19:27
-
2291
ވޭތުވެދިޔަ ހަފްތާގައި ކޮލްކަތާގެ ސަރުކާރު ހޮސްޕިޓަލެއްގައި ޓްރެއިނީ ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައާ ގުޅިގެން އެ އަނިޔާވެރި އަމަލު ކުށްވެރިކޮށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ބޮޑު މުޒާހަރާއެއް ކޮށްފިއެވެ.
އެ އަމަލުގައި ބައިވެރިވި މީހުންނަށް އަދަބު ދިނުމަށް ގޮވާލައި ބޭއްވި މުޒާހަރާގައި ބައިވެރިވި ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ އެކްޓިވިސްޓުންނާއި ދަރިވަރުން ވަނީ އަޑުއުފުލާފައި - ފޮޓޯ: އޭޕީ
އަދި ބައެއް މެޑިކަލް ސެންޓަރުތަކުގެ ޚިދުމަތް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައިވާ ކަމަށް ބުނެފައިވޭ - ފޮޓޯ: ރޮއިޓަރސް
ކޮލްކަތާގެ ސަރުކާރުގެ ޓީޗިން ހޮސްޕިޓަލެއްގައި ސެމިނަރ ހޯލްގެ ތެރެއިން އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު އުމުރުން 31 އަހަރުގެ ޓްރެއިނީ ޑޮކްޓަރެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވޭ - ފޮޓޯ: ރޮއިޓަރސް
މަރާލާފައިވާ ޑޮކްޓަރުގެ މައިންބަފައިންނަށް އެންމެ ފުރަތަމަ އަންގާފައިވަނީ "ހޮސްޕިޓަލުގެ ކަމާބެހޭ ފަރާތްތަކުން އެމީހުންގެ އަންހެން ދަރިފުޅު އަމިއްލައަށް މަރުވެފައިވާ" ކަމަށް - ފޮޓޯ: ރޮއިޓަރސް
އިންޑިއާގައި ޖިންސީ އަނިޔާއާ ދެކޮޅަށް ގާނޫނުތައް ހަރުކަށި ކުރީ 2012 ވަނަ އަހަރު އުމުރުން 22 އަހަރުގެ ފިޒިއޮތެރަޕީ އިންޓާން ކުއްޖަކު ރޭޕްކޮށް ބަހެއްގެ ތެރޭގައި މަރާލި ރޭޕްގެ މައްސަލައަކާ ގުޅިގެން - ފޮޓޯ: ރޮއިޓަރސް
2022 ވަނަ އަހަރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 90 ރޭޕްގެ މައްސަލަތައް ރިޕޯޓްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ- ފޮޓޯ: ރޮއިޓަރސް