އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިން ބަޑީގެ ހަމަލާ ހިނގި ގޮތް

14 ޖުލައި 2024 | އާދީއްތަ 13:34
-
1337
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަޑީގެ ހަމަލާއެއް ދިނީ ޕެންސިލްވޭނިއާގެ ބަޓްލަރ ގައި އެތައްހާސް ސަޕޯޓަރުން ޖަމާވެފައިވާ ކެމްޕޭން ރެލީއެއްގައި ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށް ހޮނިހިރު ދުވަހު ހަވީރު އެމެރިކާ ގަޑިން 6:15 ގައެވެ.
ޓްރަމްޕަށް ދިން ބަޑީގެ ހަމަލާ - ހަމަލާއެއް ދިނީ ޕެންސިލްވޭނިއާގެ ބަޓްލަރ ގައި އެތައްހާސް ސަޕޯޓަރުން ޖަމާވެފައިވާ ކެމްޕޭން ރެލީއެއްގައި ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށް - ފޮޓޯ: އޭޕީ
ޓްރަމްޕަށް ދިން ބަޑީގެ ހަމަލާ - ސެކިއުރިޓީ ސާރވިސްގެ އޮފިޝަލުން ވަނީ ޓްރަމްޕް ވަށާލާ އެތަނުން ދުރަށް ގެންގޮސްފައި - ފޮޓޯ: އޭޕީ
ޓްރަމްޕަށް ދިން ބަޑީގެ ހަމަލާ - ޓްރަމްޕް ވަނީ ވަގުތުން ސިއްހީ ޚިދުމަތްދޭ ތަނަކަށް ގެންދެވިފައި - ފޮޓޯ: އޭޕީ
ޓްރަމްޕަށް ދިން ބަޑީގެ ހަމަލާ - ޓްރަމްޕް ގެ ކެމްޕެއިން އިން ބުނީ އޭނާ މިހާރު "ރަނގަޅު" ކަމަށް - ފޮޓޯ: އޭޕީ
ޓްރަމްޕަށް ދިން ބަޑީގެ ހަމަލާ - ބަޓްލަރ ކައުންޓީގެ ޑިސްޓްރިކްޓް އެޓަރނީ ރިޗަރޑް ގޯލްޑިންގަރ އާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް އިން ބުނެފައިވަނީ ބަޑި ޖެހި މީހާ މަރުވެފައިވާ ކަމަށް - ފޮޓޯ: އޭޕީ
ޓްރަމްޕަށް ދިން ބަޑީގެ ހަމަލާ - ހަމާލާގެ ފަހުން ޓްރަމްޕް ޓްރުތް ސޯޝަލް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަޒަން ދިޔައީ އޭނާގެ ކަންފަތުގެ މަތީ ކައިރު ފޫ އަޅުވާލާފައި ކަމަށާއި، އެ ވަގުތުން ކަމެއް ގޯސްވެއްޖެ ކަމާއި ވަމުންދާ ގޮތް އެނގިވަޑައިގެންނެވި ކަމަށް - ފޮޓޯ: އޭޕީ
ޓްރަމްޕަށް ދިން ބަޑީގެ ހަމަލާ - ޓްރަމްޕްގެ ވާހަކަފުޅުގެ މެދުތެރެއިން ބަޑީގެ އަޑު އިވި، ދެން ފެނުނީ އޭނާ ސްޓޭޖް މައްޗަށް ތިރިވި މަންޒަރު - ފޮޓޯ: އޭޕީ
ޓްރަމްޕަށް ދިން ބަޑީގެ ހަމަލާ - ވަޒަން ކަންފަތް ފޫއަޅުވާލާފައި ދިއުމުގެ ސަބަބުން ވަރަށް ގިނަ ލެއި އައި ކަމަށްވެސް ޓްރަމްޕްގެ ޕޯސްޓުގައި ވޭ - ފޮޓޯ: އޭޕީ
ޓްރަމްޕަށް ދިން ބަޑީގެ ހަމަލާ - ޓްރަމްޕްގެ ހަށިކޮޅަށް ބަޑިޖެހި މީހާގެ ގަޔަށް ބަޑި ޖަހާ މަރާލީ ސީކްރެޓް ސާވިސްގެ އޮފިސަރެއް ކަމަށް ސީކްރެޓް ސާވިސް އިން ބުނޭ - ފޮޓޯ: ޖެޓީ
ޓްރަމްޕަށް ދިން ބަޑީގެ ހަމަލާ - ހެކިވެރިޔަކު ބީބީސީއަށް މައުލޫމާތު ދެމުން ބުނީ ބަޑީގެ ހަމަލާގެ ކުޑަ އިރުކޮޅެއް ކުރިން އިމާރާތެއްގެ ފުރާޅުމަތީގައި ރައިފަލެއް ހިފައިގެން ހުރި މީހަކު ފެނިފައިވާ ކަމަށް - ފޮޓޯ: ޖެޓީ
ޓްރަމްޕަށް ދިން ބަޑީގެ ހަމަލާ - ސަލާމަތީ ޚިދުމަތްތަކުން ސްޓޭޖަށް އަރާ ޓްރަމްޕް ސްޓޭޖުން ބޭލުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: ޖެޓީ
ޓްރަމްޕަށް ދިން ބަޑީގެ ހަމަލާ - ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ބިންމައްޗަށް ވެއްޓުނު ފަހުން، މޫނުގެ އެއްފަރާތުން ލޭ ފައިބާފާވާތަން ފެނޭ - ފޮޓޯ: ޖެޓީ
ޓްރަމްޕަށް ދިން ބަޑީގެ ހަމަލާ - ޓްރަމްޕް ބުނީ ވަޒަން އޭނާގެ ކަންފަތަށް އެރި ވަޒަނުގެ އަޑު އިވުނު ކަމަށް - ފޮޓޯ: ރޮއިޓަރސް