"ލަގްޒަރީ" އިންޑިއާ ކައިވެނީގެ ހަފުލާގައި ކިމް ކާޑޭޝިއަން، ބީބާ އަދި ރިއާނާ

12 ޖުލައި 2024 | ހުކުރު 15:12
-
1597
އޭޝިއާގެ އެންމެ މުއްސަނދި މީހާ، މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރިފުޅުގެ ކައިވެންޏަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މަޝްހޫރު ތަރިން މުމްބާއީއަށް އަންނަން ފަށައިފިއެވެ.
އަނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓްގެ ލަގްޒަރީ ކައިވެނި - އަމްބާނީ ގޭގެ ވަށައިގެން ސެކިއުރިޓީ ވަރުގަދަކޮށްފައިވާއިރު، ކައިވެނީގެ ހަފްލާ ބާއްވާ ތަނަށް ދާ މަގުތަކާއި ދުރުގައި ހުންނަ މަގުތަކުގައި ޓްރެފިކް ވަނީ މަނާކޮށްފަ - ފޮޓޯ: ރޮއިޓަރސް
އަނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓްގެ ލަގްޒަރީ ކައިވެނި - ބޮލީވުޑްގެ ގިނަ ތަރިންތަކެއް އަންނަނީ މި ކައިވެނީގެ އެކި އެކި ހަފްލާތަކުގައި ބައިވެރިވަމުންނެވެ. މާޗް މަހު ބޭއްވި ޕްރީ ވެޑިން ހަފްލާގެ ތެރެއިން: (ވާތްފަރާތުން) ކެޓްރީނާ ކައިފް، ވިކީ ކޯޝަލް، ރަންވީރު ސިންގް އަދި ދީޕިކާ ޕަޑުކޯން - ފޮޓޯ: ރޮއިޓަރސް
އަނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓްގެ ލަގްޒަރީ ކައިވެނި - ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އާމިރު ޚާން، ސަލްމާން ޚާން އަދި ޝާހްރުކް ޚާން މިދިޔަ މާޗް މަހު ގުޖުރާތުގެ ޖަމްނާގަރުގައި ބޭއްވި ޕްރީ ވެޑިން އިވެންޓުގައި ޕާފޯމްކުރި - ފޮޓޯ: ރޮއިޓަރސް
އަނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓްގެ ލަގްޒަރީ ކައިވެނި - އަނަންތުއާއި އޭނާގެ ލޯބިވެރިޔާ ރާދިކާ އެންގޭޖްވީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު މުމްބާއީގައި - ފޮޓޯ: ރޮއިޓަރސް
އަނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓްގެ ލަގްޒަރީ ކައިވެނި - ހުކުރު ދުވަހު ބާއްވާ ގްރޭންޑް ވެޑިންއަށް މުމްބާއީއަށް އައި މީހުންގެ ތެރޭގައި ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝިއަން ފަދަ ބައިނަލްއަގުވާމީ ތަރިން ވެސް ހިމެނޭ - ފޮޓޯ: ރޮއިޓަރސް
އަނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓްގެ ލަގްޒަރީ ކައިވެނި - ޖަމްނަގަރުގައި ބޭއްވި ހަފްލާގައި ޕޮޕް އައިކަން ރިއާނާގެ ޕާފޯމަންސް ވަނީ މުޅި ދުނިޔޭގައި ސުރުޚީތަކުގައި ވިދާލާފަ - ފޮޓޯ: ރޮއިޓަރސް
އަނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓްގެ ލަގްޒަރީ ކައިވެނި - ޒީނަތްތެރިކޮށްފައިވާ ވެހިކަލެއް އަމްބާނީގެ ގެ ކައިރިން ދުއްވަނީ - ފޮޓޯ: ރޮއިޓަރސް
އަނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓްގެ ލަގްޒަރީ ކައިވެނި - ކައިވެނީގެ ކުރިން މުކޭޝް އަމްބާނީގެ މުމްބާއީ ގޭގެ ބޭރުގައި ފޯކް މިއުޒިޝަނުން ޕާފޯމްކުރި - ފޮޓޯ: ރޮއިޓަރސް
އަނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓްގެ ލަގްޒަރީ ކައިވެނި - މި ހަފުތާގައި މުމްބާއީގައި އުފާފާޅުކުރުމުގެ އެންމެ ފަހު ސެޓު ފެށުނުއިރު ޕޮޕްސްޓާ ޖަސްޓިން ބީބާ ވަނީ ކައިވެނީގެ ހަފްލާގައި ޕާފޯމްކޮށްފަ - ފޮޓޯ: އިންސްޓަގްރާމް
އަނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓްގެ ލަގްޒަރީ ކައިވެނި - ކައިވެނީގެ ހަފްލާއަށް މުމްބާއީގައި ހުންނަ އަމްބާނީގެ ގެ އަލިކޮށް ޒީނަތްތެރިކޮށްފައި - ފޮޓޯ: ޖެޓީ
އަނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓްގެ ލަގްޒަރީ ކައިވެނި - މުކޭޝް އަމްބާނީ މިދިޔަ ހަފުތާގައި އޭނާގެ ގޭގައި ބޭއްވި ކައިވެނީގެ އިވެންޓެއްގައި އާއިލާއާއެކު ބައިވެރިވި - ފޮޓޯ: ޖެޓީ
އަނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓްގެ ލަގްޒަރީ ކައިވެނި - ދެމީހުން ވަނީ ކައިވެނީގެ ބައެއް އިވެންޓްތަކުގައި ޕާފޯމްވެސް ކޮށްފަ - ފޮޓޯ: އަނީ