އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ހުރަވީ" ހަވާލުކުރުމުގެ ރަސްމިއްޔާތު

2 މެއި 2023 | އަންގާރަ 18:58
-
2936
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި އޯފްޝޯ ޕެޓްރޯލް ވެސްލް، ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ކަމިޝަންކޮށްދެއްވައިފިއެވެ.
މިއަދު ޚިދުމަތަށް ނެރެވުނު މި އުޅަނދުގެ ނަމަކީ "ސީ.ޖީ.އެސް ހުރަވީ" - ފޮޓޯ: ރައީސް އޮފީސް
އިންޑިއާ ސަރުކާރުން މި ހަދިޔާކުރި އުޅަނދުތަކުގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުވެ، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ. - ފޮޓޯ: ރައީސް އޮފީސް
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި އޯފްޝޯ ޕެޓްރޯލް ވެސްލް، ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ކަމިޝަންކޮށްދެއްވަނީ. - ފޮޓޯ: ރައީސް އޮފީސް
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި އޯފްޝޯ ޕެޓްރޯލް ވެސަލް، ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ކަމިޝަންކޮށްދެއްވަނީ. - ފޮޓޯ: ރައީސް އޮފީސް
މި ރަސްމިއްޔާތުގައި ވަނީ އިންޑިއާގެ މި ހަދިޔާގެ އަގު ވަޒަންކުރައްވައި ޚާއްސަ ހަނދާނީ ފިލައެއް، ރާއްޖޭގެ ޑިފެންސް މިނިސްޓަރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގއަށް ދެއްވާފައި. - ފޮޓޯ: ރައީސް އޮފީސް
މި ރަސްމިއްޔާތުގައި، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގއާއި، ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީއާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި، އިންޑިއާ ސަރުކާރުގެ ވަފުދުގެ ބޭފުޅުންގެ އިތުރުން ސިފައިންގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވި. - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މި ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް ވަޑައިގަންނަވަނީ. - ފޮޓޯ: ރައީސް އޮފީސް
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު، ހުޅުމާލޭގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބަނދަރުކުރާ ސަރަހައްދުގައި. - ފޮޓޯ: ރައީސް އޮފީސް