ނައިބު ރައީސް، ބަންގްލަދޭޝްގެ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް

14 މެއި 2023 | އާދީއްތަ 19:36
-
2311
6 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބަންގްލަދޭޝްއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، ހޮނިހިރު ދުވަހުގެ މެންދުރުފަހު އެގައުމުގެ ރައީސް މުހައްމަދު ޝަހާބުއްދީންގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީންގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތް ކުރައްވާފައިވަނީ ހޮނިހިރު ދުވަހު - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީންގެ ބައްދަލުވުން ބާއްވާފައި ވަނީ ބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރުގައި - ފޮޓޯ: ރައީސް އޮފީސް
ނައިބު ރައީސް ވަނީ، ބަންގްލަދޭޝްގެ ރައީސްގެ މަގާމާ މުހައްމަދު ޝަހާބުއްދީން އަލަށް ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން ރައީސް ސާލިހުގެ ފަރާތްޕުޅުން އެމަނިކުފާނަށް ތަހުނިޔާ ދަންނަވާފައި - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބަންގްލާދޭޝްއަށް ވަޑައިގެންފައިވަނީ 6 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް - ފޮޓޯ: ރައީސް އޮފީސް
ދެބޭފުޅުން ވަނީ ދެ ގައުމަށްވެސް ފައިދާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި - ފޮޓޯ: ރައީސް އޮފީސް