ޔޫ.އޭ.އީގެ އެންވަޔަރަންމަންޓް މިނިސްޓަރު ރައީސްގެ އަރިހަށް ޒިޔާރަތް ކުރައްވައިފި

17 މެއި 2023 | ބުދަ 19:37
-
2662
ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް، މަަރްޔަމް ބިންތު މުހައްމަދު ސައީދު ހާރިބް އަލްމުހައިރީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ބުދަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި - ފޮޓޯ: ރައީސް އޮފީސް
ރާއްޖެއިން 2030 ވަނަ އަހަރާ ހަމަޔަށް ދާންވާއިރަށް ނެޓް ޒީރޯއަށް ވާސިލުވުމަށް ކުރާ މަސައްކަތްތައް ޔޫ.އޭ.އީގެ މިނިސްޓަރު ވަނީ ފާހަގަކުރައްވާފައި - ފޮޓޯ: ރައީސް އޮފީސް
ޔޫ.އޭ.އީގެ މިނިސްޓަރު ވަނީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ކުރަމުންދާ ބައެއް މަސައްކަތްތައް ފާހަގަކުރައްވައި ތަޢުރީފްކުރައްވާފައި - ފޮޓޯ: ރައީސް އޮފީސް
ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 15 މާރިޗު 1978 ވަނަ އަހަރު - ފޮޓޯ: ރައީސް އޮފީސް
ޔޫ.އޭ.އީގެއެންވަޔަރަންމަންޓް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް، މަަރްޔަމް ބިންތު މުހައްމަދު ސައީދު ހާރިބް އަލްމުހައިރީ - ފޮޓޯ: ރައީސް އޮފީސް
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫ.އޭ.އީގެ މިނިސްޓަރު ރާއްޖެ ވަޑައިގަތުމުން މަރުހަބާ ވިދާޅުވެ، އެ ގައުމުގެ އިސް ވެރިންނަށް ހެޔޮ އެދުންތައް ފޮނުއްވާފައި - ފޮޓޯ: ރައީސް އޮފީސް