17 March 2022 Watch Live on RaajjeTV Exclusive Broadcasting Partner
ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 އަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރާނެ ހަފްލާއެވެ. ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ އެކިފަރާތްތަކުގެ އަގުވަންކުރުމަށް ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 އަކީ ދުނިޔޭގެ ސަމާލުކަން ލިބޭފަދަ އިވެންޓަކަށް ހެއްދެވުމަށް ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ގާލާގައި ދުނިޔޭގެ އެހާރާއި މިހާރުގެ މަޝްހޫރު 15 ކުޅުންތެރިން ނޫނީ ކުޅިވަރުގެ ޝަހުސިއްޔަތުން ރާއްޖެ އައުމަށް ހަމަޖެހިފައިވެއެވެ.

    ހަފްލާގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތައް

  • އަހަރުގެ އެންމެ މޮޅު ކުޅިވަރު އެތުލީޓް (އަންހެން/ފިރިހެން)

  • ކޮންމެ ކުޅިވަރެއް ވަކިވަކިން އެންމެ މޮޅު ކުޅުންތެރިޔާ (އަންހެން/ފިރިހެން)

  • ސްޕެޝަލް އެބިލިޓީ އެތުލީޓް (އަންހެން/ފިރިހެން)

  • އެންމެ މޮޅު ކޯޗު (އަންހެން/ފިރިހެން)

  • އަހަރުގެ އެންމެ މޮޅު ޓެކްނިކަލް އޮފިޝަލް (އަންހެން/ފިރިހެން)

  • އެންމެ މޮޅު ސިއްހީ އެހީތެރިޔާ (އަންހެން/ފިރިހެން)

  • އެންމެ އުންމީދީ އެތުލީޓް (އަންހެން/ފިރިހެން)

  • އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާ

  • އެންމެ މޮޅު ކުޅިވަރު ފޮޓޯ ޖާނަލިސްޓް

  • އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ކުޅިވަރު އެސޯސިއޭޝަން

  • އެންމެ ފާހަގަކޮށްލެވޭ ސްޕޯޓްސް ބްރޯޑްކާސްޓަރު

  • އެންމެ ފާހަގަކޮށްލެވޭ ސްޕޯޓްސް އޮންލައިން މީޑިއާ

  • ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް

ޚަބަރު

 
 

ފޮޓޯ