ފޮޓޯ ގެލަރީ

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓުބޯޅަ ޓީމުން ކުރިޔަށް ގެންދާ ފަރިތަކުރުންތައް
އަމިއްލަ ގައުމުގައި އޮކްޓޯބަރު މަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓުބޯޅަ ޓީމުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ފަރިތަކުރުންތައް ފަށާފައެވެ. ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވަނީ 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑަކާއިއެކުގައެވެ. ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ފަރިތަކުރުންތައް ފަށާފައިވާއިރު، ސެޕްޓެމްބަރު މަހު ގައުމީ ޓީމުން ގަތަރުގައި ކޭމްޕް ކުރުމަށްވެސް ވަނީ ނިންމާފައެވެ. ރާއްޖެއިން މި މުބާރާތް އެންމެ ފުރަތަމަ ކާމިޔާބުކުރީ 2008 ވަނަ އަހަރުއެވެ. އެއަހަރުގެ މުބާރާތް ކުރިޔަށްދިޔައީ ރާއްޖެ އާއި ސްރީލަންކާގައެވެ. އޭގެ ފަހުން 2018 ވަނަ އަހަރުވެސް ރާއްޖެއިން ވަނީ މި މުބާރާތް ކާމިޔާބުކޮށްފައެވެ.

ވީއޭއެމުގެ އެކްސްކްލޫސިވް ޕާޓްނަރަކަށް ރާއްޖެޓީވީ
ކުރިއަށް އޮތް ތިން އަހަރަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އެކްސްކްލޫސިވް މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖައްސައިފިއެވެ. ރާއްޖެޓީވީއާއެކު ވީއޭއެމުން ވި އެއްބަސްވުމުގެ ދަށުން އެ އެސޯސިއޭޝަނުގެ މުބާރާތްތަކުގެ ލޯކަލް އެކްސްކްލޫސިވް ރައިޓްސް ރާއްޖެޓީވީއަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ވީއޭއެމުން ވަނީ މެއިން ސްޕޮންސަރަކަށް މައިލޯ ހަމަޖައްސާފައެވެ. އަދި ޕާޓްނަރުންގެ ގޮތުގައި ނޯވާ އާއި ޖަވާބު ވަނީ ހަމަޖައްސާފައެވެ.

ރައީސް ސޯލިހު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅު - ފުރަތަމަ މަންޒިލަކީ ތިމަރަފުށި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފައިވަނީ 17 އޮގަސްޓް 2021 ގައެވެ. ފުރަތަމަ އެމަނިކުފާނު ވަޑައިގެންފައިވަނީ ތ. ތިމަރަފުއްޓަށެވެ. ރައީސް ތ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ތ. އަތޮޅުގެ 7 ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ނިންމަވާފައެވެ. އޭގެ ތެރޭގައި ތިމަރަފުށި، ކިނބިދޫ، އޮމަދޫ، ވޭމަންޑޫ، ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުށި ހިމެނެއެވެ.

ހިޔާ ފްލެޓްތަކުގައި ހުރި ކަންބޮޑުވުން ހިއްސާކުރުން - ގޮވާލުމަކީ ކުލި ކުޑަ ކުރުން
ހިޔާ ފްލެޓު ލިބުނު މީހުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ހިޔާ ޔޫނިއަނުން އެއްވުމެއް ބާއްވާފައިވަނީ 13 އޯގަސްޓް 2021 ގައެވެ. މި އެއްވުން ބާއްވާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުން - ސްކޫލްތަކަށް އާ ދިރުން ލިބި އުފާވެރިކަން
ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވަނީ 10 އޯގަސްޓް 2021 ގައެވެ. އެތައް ދުވަހަކު ދަރިވަރުން ގޭގައި ތިބުމަށްފަހު ސްކޫލްތަކަށް ނުކުތުމުން ދަރިވަރުންނަށް ވަނީ މަރުހަބާ ކިޔާފައެވެ.

ޓޯކިއޯ އޮލިމްޕިކްސް - ކުޅިވަރުގެ އެންމެ ބޮޑު އީދު ކާމިޔާބުކަމާއެކު ނިންމާލައިފި
ކުޅިވަރުގެ އެންމެ ބޮޑު އީދު ކަމަށްވާ އޮލިމްޕިކްސް ގޭމްސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. ކޮވިޑް-19ގެ ސަބަބުން މިއަހަރަށް ފަސްކުރި ޓޯކިއޯ އޮލިމްޕިކްސް ގޭމްސްގައި 206 ގައުމަކުން 10،000ށް ވުރެ ގިނަ އެތުލީޓުން ވާދަކޮށްފައިވެއެވެ.

ށ. ފުނަދޫ - ބަލާ ފޫހިނުވާ ހިތްގައިމު އެތައް މަންޒަރުތަކެއް
ށ. ފުނަދޫ އަކީ ކުރިން ފަޅުރަށެކެއެވެ. މިހާރު އެއީ ށ. އަތޮޅު ވެރިކަން ކުރާ ރަށެއެވެ. މި ފޮޓޯތައް މި ދައްކައިދެނީ މިރަށުގެ ނަލަކަމާ ހިތްގައިމުކަމެވެ.

މިނިވަން 56 - ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން
ދިވެހިރާއްޖޭގެ މިނިވަންކަމަށް 56 އަހަރުފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު ބާއްވާފައިވަނި 26 ޖުލައި 2021 ވީ ހޯމަ ދުވަހު އެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ޢީދު 1442 - ކޯޑީގެ ކުޅިވަރު
ޢީދަކީ ދިވެހިންގެ ސަގާފީ އެތައް ކުޅިވަރުތަކެއް ފެނިގެންދާ ދުވަހެކެވެ. އެކި ރަށްރަށުގައި ޢީދު ފާހަގަކުރަމުން އަންނަ ގޮތް ތަފާތެވެ.

ޢީދު 1442 - ޢަޟްހާ ޢީދުގެ އުފާ އެކި ކަން ކޮޅުތަކުން
އަޟްޙާ ޢީދަކީ އަބަދުވެސް ދިވެހިންގެ ސަގާފަތްތައް ދައްކުވައިދޭ އުފާވެރިކަމުގެ ބޮޑު ޢީދެކެވެ. ކޮވިޑް19 ގެ ބަލިމަޑުކަމާއި ހެދި ގެއިން ބޭރަށް ނުނުކުމެ އެތައް ދުވަހަކު ގޭގައި ތިބުމަށްފަހު ޢީދު ބަންދާ ދިމާކޮށް ލިބުނު ލުއިތަކާއި އެކު އެތައް ބަޔަކު ވަނީ ޢީދު ފާހަގަކުރުމަށް މާލެއިން އަތޮޅު ތެރެއަށް ވެސް ގޮސްފައެވެ.

ޙައްޖު 1442 - ގެފުޅުގެ އުރަކޮޅު ބަދަލުކުރުން
ކޮންމެ އަހަރެއްގެވެސް ހައްޖު ދުވަހަށް ގެފުޅުގެ އުރަކޮޅު އައު ކުރެއެވެ. ނަވާރަ ސަތޭކަ ހަތާވީސް ވަނަ އަހަރުން ފެށިގެން ގެފުޅުގެ އުރަކޮޅު ވިޔުމަށްޓަކައި މައްކާގައި ހާއްސަ ފެކްޓްރީގެއް ގާއިމުކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހދ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅު
ތިލަދުންމަތީ ދެކުނުބުރިއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ކުރައްވާ ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީއާއި، ހދ. ހަނިމާދޫގެ އިތުރުން އިތުރު ރަށްރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. މިދަތުރުފުޅު ކުރައްވަނީ ޖުލައި 16ން 18ގެ ނިޔަލަށެވެ. މިދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އިންގްލެންޑް ބަލިކޮށް ޔޫރަޕުގެ ޗެމްޕިއަންކަން އިޓަލީއަށް
ޔޫރޯ 2020 ގެ ފައިނަލުގައި އިންގްލެންޑް ބަލިކޮށް އިޓަލީން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. އިންގްލެންޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އިޓަލީން ކާމިޔާބުކުރީ ޕެނަލްޓީގައި 3-2 ގެ ނަތީޖާއަކުންނެވެ. މިއީ އިޓަލީން 1968 ވަނަ އަހަރަށްފަހު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

55 އަހަރަށްފަހު އިންގްލެންޑް ބޮޑު މުބާރާތެއްގެ ފައިނަލަށް
ޔޫރޯ 2020 ގެ ސެމީ ފައިނަލުގައި ޑެންމާކް ބަލިކޮށް އިންގްލެންޑުން ފުރަތަމަ ފަހަރަށް މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. މި މެޗު އިންގްލެންޑުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށްފަހު އިންގްލެންޑުން ބޮޑު މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

2012 ގެ ފަހުން އިޓަލީ ފުރަތަމަ ފަހަރަށް ފައިނަލަށް
ޔޫރޯ 2020 ގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކުރުމަށްފަހު އިޓަލީ ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއަކުންނެވެ. ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައިވެސް ނަތީޖާއަށް ބަދަލެއް ނައުމުން، ޕެނަލްޓީގައި އިޓަލީ ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. މިއީ 2012 ވަނަ އަހަރަށްފަހު މި މުބާރާތުގެ ފައިނަލަށް އިޓަލީ ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ކުއާޓާ ފައިނަލް - ޔޫކްރޭނާއި އިންގްލެންޑް ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުގައި އިންގްލެންޑުން ވަނީ ޔޫކްރޭންގެ މައްޗަށް ފަސޭހަކަމާއެކު ކުރި ހޯދާފައެވެ. މި މެޗު އިންގްލެންޑުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ވަނީ ދެ ލަނޑު ޖަހާފައެވެ.

ކުއާޓާ ފައިނަލް - ޗެކް ރިޕަބްލިކާއި ޑެންމާކް ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުގައި ޑެންމާކުން ވަނީ ޗެކް ރިޕަބްލިކް ބަލިކޮށް ސެމީ ފައިނަލުން ޖާގައެއް ހޯދާފައެވެ. މި މެޗު ޑެންމާކުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ކުއާޓާ ފައިނަލް - ބެލްޖިއަމާއި އިޓަލީ ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުގައި ބެލްޖިއަމާއި އިޓަލީ ބައްދަލުކުރިއިރު، މި މެޗުން އިޓަލީ ވަނީ މޮޅުވެފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު އިޓަލީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ކުއާޓާ ފައިނަލް - ސްވިޓްޒަލެންޑާއި ސްޕެއިން ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ސްވިޓްޒަލެންޑާއި ސްޕެއިން ބައްދަލުކުރިއިރު، މި މެޗުގެ ފުރިހަމަ ވަގުތު ހަމަވއިރު ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅުނު ނަމަވެސް، ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ސްޕެއިނުން ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.

ގަދަ 16 - ސްވިޑެން އާއި ޔޫކްރޭން ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ދެވަނަ ބުރުގައި ފަހު ވަގުތު ސްވިޑެން ބަލިކޮށް ޔޫކްރޭނުން ވަނީ ކުއާޓާ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފައެވެ. މި މެޗު ޔޫކްރޭނުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ގަދަ 16 - އިންގްލެޑާއި ޖަރުމަން ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ދެވަނަ ބުރުގައި އިންގްލެންޑުން ވަނީ ޖަރުމަން ކަޓުވާލުމަށްފަހު ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އިންގްލެންޑުން މި މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ގަދަ 16 - ފްރާންސް އާއި ސްވިޓްޒަލެންޑް ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ދެވަނަ ބުރުގައި މިހާތަނަށް އެންމެ ފޯރިގަދަ މެޗަކަށް ވެގެންދިޔައީ ފްރާންސް އާއި ސްވިޓްޒަލެންޑް ބައްދަލުކުރި މެޗެވެ. މި މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ސްވިޓްޒަލެންޑް ކުރި ހޯދީ 4-5 ގެ ނަތީޖާއަކުންނެވެ.

ގަދަ 16 - ކްރޮއޭޝިއާ އާއި ސްޕެއިން ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ދެވަނަ ބުރުގައި ކްރޮއޭޝިއާ އާއި ސްޕެއިން ބައްދަލުކުރިއިރު، މި މެޗުން ސްޕެއިން މޮޅުވީ އިތުރު ވަގުތުގައި 5-3 ގެ ނަތީޖާއަކުންނެވެ.

ގަދަ 16 - ބެލްޖިއަމާއި ޕޯޗުގަލް ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ދެވަނަ ބުރުގައި ޗެމްޕިއަން ޕޯޗުގަލް ކަޓުވާލުމަށްފަހު ބެލްޖިއަމުން ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. މި މެޗު ބެލްޖިއަމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ގަދަ 16 - ނެދަލެންޑްސް އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ދެވަނަ ބުރުގައި ޗެކް ރިޕަބްލިކުން ވަނީ ނެދަލެންޑްސް ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ގިނަ ބަޔަކު ހީކުރި ގޮތާ ޚިލާފަށް ޗެކް ރިޕަބްލިކުން ދެވަނަ ބުރަށް ދަތުރުކުރީ 2-0 ގެ ނަތީޖާއަކުން ނެދަލެންޑްސް ބަލިކޮށްގެންނެވެ.

ގަދަ 16 - ވޭލްސް އާއި ޑެންމާކް ބައްދަލުކުރި މެޗު
ޔޫރޯގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ވޭލްސް އާއި ޑެންމާކެވެ. މި މެޗު ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޑެންމާކުން ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.

ގަދަ 16 - އިޓަލީ އާއި އޮސްޓްރިއާ ބައްދަލުކުރި މެޗު
ޔޫރޯގެ ދެވަނަ ބުރުގައި އިޓަލީ އާއި އޮސްޓްރިއާ ބައްދަލުކުރި މެޗު ވެގެންދިޔައީ ފޯރިގަދަ މެޗަކަށެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވުމުން ކުޅުނު އިތުރު ވަގުތުގައި އިޓަލީން ވަނީ އޮސްޓްރިއާގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައި، ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުން
26 ޖޫން 2005 ގައި ރަޖިސްޓްރީ ކުރި އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ޕާޓީގެ ހަރުގޭގައި ވަނީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ހޮނިހިރު ދުވަހު ބާއްވާފައެވެ. އެމްޑީޕީއަކީ ޑިމޮކްރަސީ ރާއްޖެއަށް ގެނައުމުގައި ގިނަ މަސައްކަތްތައް ކޮށްފައިވާ ޕާޓީއެވެ. މި މަސް ނިމެންދެން އަހަރީ ދުވަހުގެ ހަރައްކާތްތައް ކުރިއަށް ގެންދަށް އެ ޕާޓީން ވަނީ ނިންމާފައެވެ.

ޔޫރޯ 2020 - ސްލޮވާކިއާ އާއި ސްޕެއިން ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ގްރޫޕް އީ ގައި ސްޕެއިނުން ވަނީ ސްލޮވާކިއާ ކޮޅަށް ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. މި މެޗު ސްޕެއިނުން ކާމިޔާބުކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ޔޫރޯ 2020 - ސްވިޑެން އާއި ޕޮލެންޑް ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ގްރޫޕް އީ ގައި ޕޮލެންޑްގެ މައްޗަށް ކުރިހޯދައި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސްވިޑެން ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މި މެޗު ސްވިޑެންއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.