އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުން
26 ޖޫން 2005 ގައި ރަޖިސްޓްރީ ކުރި އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ޕާޓީގެ ހަރުގޭގައި ވަނީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ހޮނިހިރު ދުވަހު ބާއްވާފައެވެ. އެމްޑީޕީއަކީ ޑިމޮކްރަސީ ރާއްޖެއަށް ގެނައުމުގައި ގިނަ މަސައްކަތްތައް ކޮށްފައިވާ ޕާޓީއެވެ. މި މަސް ނިމެންދެން އަހަރީ ދުވަހުގެ ހަރައްކާތްތައް ކުރިއަށް ގެންދަށް އެ ޕާޓީން ވަނީ ނިންމާފައެވެ.

އެމްޑީޕީގެ ހަރު ގޭގައި އެ ޕާޓީގެ ދިދަ އަދި ގައުމީ ދިދަ ނަގާފައި: ފޮޓޯ - ރާއްޖެއެމްވީ

އެމްޑީޕީގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ތެރެއިން ޕާޓީގެ އޮފީހުގައި ޕާޓީގެ ދިދަ ނަގަނީ: ފޮޓޯ - އެމްޑީޕީ

މާލޭގެ ބޭރު މަގު އާޓިފިޝިއަލް ބީޗާއި ދިމާލުގައި ހުންނަ އެމްޑީޕީގެ ހަރުގެ: ފޮޓޯ - ރާއްޖެއެމްވީ

އެމްޑީޕީ ހަރުގޭގެ ބޭރުގައި އެމްޑީޕީ 16 ޖަހާފައި: ފޮޓޯ - ރާއްޖެއެމްވީ

އެމްޑީޕީގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން ޕާޓީގެ ހެޑް އޮފީސް ހުންނަ އިމާރާތުގައި ޕާޓީގެ ދިދަ އެލުވާފައި: ފޮޓޯ - އެމްޑީޕީ

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ - އެމްޑީޕީ

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެތެއިން އެ ޕާޓީގެ ދިދަ ޗެއަރޕާސަން ހަސަން ލަތީފް (ކ) އަދި ގައުމީ ދިދަ ޕާޓީގެ ނައިބް ރައީސް ޝިފާޒް (ވ) ނަންގަވަނީ: ފޮޓޯ - އެމްޑީޕީ