ރައީސް ސޯލިހު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅު - ފުރަތަމަ މަންޒިލަކީ ތިމަރަފުށި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފައިވަނީ 17 އޮގަސްޓް 2021 ގައެވެ. ފުރަތަމަ އެމަނިކުފާނު ވަޑައިގެންފައިވަނީ ތ. ތިމަރަފުއްޓަށެވެ. ރައީސް ތ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ތ. އަތޮޅުގެ 7 ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ނިންމަވާފައެވެ. އޭގެ ތެރޭގައި ތިމަރަފުށި، ކިނބިދޫ، އޮމަދޫ، ވޭމަންޑޫ، ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުށި ހިމެނެއެވެ.

ރައީސް ސޯލިހު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގެންނެވުމަށް ފްލައިޓަށް އަރާވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ތިމަރަފުއްޓަށް ވަޑައިގަތުން - ތ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންފައިވަނީ ތިމަރަފުއްޓަށް - ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ތިމަރަފުއްޓަށް ވަޑައިގަތުން - މި ދަތުރުފުޅުގައި ތ. އަތޮޅުގެ 7 ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ނިންމަވާފައި - ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ތިމަރަފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ތައްޔާރުވެފައި - ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ތިމަރަފުއްޓަށް ވަޑައިގަތުން - ރައީސް ވަޑައިގަންނަވާ ރަށްރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވާލައްވައި، ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން، މަސްވެރިންނާއި، ދަނޑުވެރިންނާއި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި - ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ތިމަރަފުއްޓަށް ވަޑައިގަތުން - ރައީސްގެ މި ދަތުރުފުޅުގައި އެ އަތޮޅު އޮމަދޫ ބަނދަރު ހުޅުއްވައިދެއްވައި އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި - ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ތިމަރަފުއްޓަށް ވަޑައިގަތުން - ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް މިވީ ދޮޅު އަހަރުގެ ތެރޭގައި ރައީސް ވަޑައިގެން ބެއްލެވިފައި ނެތުމާއެކު ރައީސް ކުރައްވާ މި ދަތުރުފުޅުގެ އަނެއް އަމާޒަކީ ތަރައްގީގެ ކަންކަން ގާތުން ބެއްލެވުން - ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ތިމަރަފުއްޓަށް ވަޑައިގަތުން - ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 19 ވަނަ ދުވަހު - ފޮޓޯ: ރައީސް އޮފީސް