ޙައްޖު 1442 - ގެފުޅުގެ އުރަކޮޅު ބަދަލުކުރުން
ކޮންމެ އަހަރެއްގެވެސް ހައްޖު ދުވަހަށް ގެފުޅުގެ އުރަކޮޅު އައު ކުރެއެވެ. ނަވާރަ ސަތޭކަ ހަތާވީސް ވަނަ އަހަރުން ފެށިގެން ގެފުޅުގެ އުރަކޮޅު ވިޔުމަށްޓަކައި މައްކާގައި ހާއްސަ ފެކްޓްރީގެއް ގާއިމުކޮށްފައިވެއެވެ.

ގެފުޅުގެ އުރަކޮޅު ބަދަލުކުރުން - މި އުރަކޮޅި ފެހުމަށް ކޮންމެ އަހަރަކު ހަ މިލިއަން ޑޮލަރު ސައުދީ ސަރުކާރުން ހޭދަކުރާއިރު، އުރަކޮޅު ވިޔުމަށް ގާތްގަނޑަކަށް 200 ވަރަކަށް މުވައްޒަފުން އުޅޭކަމަށް ރިޕޯޓްތައް ބުނޭ - ފޮޓޯ: އަލްހަރަމައިން

ގެފުޅުގެ އުރަކޮޅު ބަދަލުކުރުން - އުރަކޮޅު ތައްުޔާރުކުރުމަށް ގާތްގަނޑަކަށް 670 ކިލޯގެ ސިލްކާއި 120 ކިލޯގެ ރަންރިހި ބޭނުންކުރޭ - ފޮޓޯ: އަލްހަރަމައިން

ގެފުޅުގެ އުރަކޮޅު ބަދަލުކުރުން - އުރަކޮޅު ފެހުމަށް ސިލްކް ސްވިޒަލޭންޑާއި އިޓަލީން ގެންނައިރު، ރަންރިހީގެ ރޮދި ގެންނަނީ ޖަނަރުމަނުން - ފޮޓޯ: އަލްހަރަމައިން

ގެފުޅުގެ އުރަކޮޅު ބަދަލުކުރުން - ކަޅުކުލައިގެ ސިލްކާއި ރަންރިހީގެ ރޮދިން ވިޔެފައިވާ ގެފުޅުގެ އުރަކޮޅު ބަދަލުކުރަނީ ކޮންމެ އަހަރެއްގެ ވެސް ހައްޖު ދުވަހު - ފޮޓޯ: އަލްހަރަމައިން

ގެފުޅުގެ އުރަކޮޅު ބަދަލުކުރުން - ނަވާރަ ސަތޭކަ ހަތާވީސް ވަނަ އަހަރުން ފެށިގެން ގެފުޅުގެ އުރަކޮޅު ވިޔުމަށްޓަކައި މައްކާގައި ހާއްސަ ފެކްޓްރީއެއް ގާއިމުކޮށްފައިވޭ - ފޮޓޯ: އަލްހަރަމައިން