ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓުބޯޅަ ޓީމުން ކުރިޔަށް ގެންދާ ފަރިތަކުރުންތައް
އަމިއްލަ ގައުމުގައި އޮކްޓޯބަރު މަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓުބޯޅަ ޓީމުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ފަރިތަކުރުންތައް ފަށާފައެވެ. ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވަނީ 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑަކާއިއެކުގައެވެ. ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ފަރިތަކުރުންތައް ފަށާފައިވާއިރު، ސެޕްޓެމްބަރު މަހު ގައުމީ ޓީމުން ގަތަރުގައި ކޭމްޕް ކުރުމަށްވެސް ވަނީ ނިންމާފައެވެ. ރާއްޖެއިން މި މުބާރާތް އެންމެ ފުރަތަމަ ކާމިޔާބުކުރީ 2008 ވަނަ އަހަރުއެވެ. އެއަހަރުގެ މުބާރާތް ކުރިޔަށްދިޔައީ ރާއްޖެ އާއި ސްރީލަންކާގައެވެ. އޭގެ ފަހުން 2018 ވަނަ އަހަރުވެސް ރާއްޖެއިން ވަނީ މި މުބާރާތް ކާމިޔާބުކޮށްފައެވެ.

ގައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން، ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ - ފޮޓޯ: އެފްއޭއެމް

ގައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން، ތަޖުރިބާކާރު މިޑްފިލްޑަރު އަސްއަދު އަލީ (އަޑުބަރޭ) - ފޮޓޯ: އެފްއޭއެމް

ގައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯލަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) - ފޮޓޯ: އެފްއޭއެމް

ގައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން - ފޮޓޯ: އެފްއޭއެމް

ގައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން، ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން - ފޮޓޯ: އެފްއޭއެމް