ޢީދު 1442 - ކޯޑީގެ ކުޅިވަރު
ޢީދަކީ ދިވެހިންގެ ސަގާފީ އެތައް ކުޅިވަރުތަކެއް ފެނިގެންދާ ދުވަހެކެވެ. އެކި ރަށްރަށުގައި ޢީދު ފާހަގަކުރަމުން އަންނަ ގޮތް ތަފާތެވެ.

އަޟްޙާ ޢީދު 1442 - ރ. ރަސްގެތީމުގެ ކޯޑީގެ ކުޅިވަރުގެ ތެރެއިން، އެކި ރަށްރަށުގައި ކޯޑީގެ ކުޅިވަރު ކުޅޭ ގޮތް ތަފާނު - ފޮޓޯ: ރާއްޖެއެމްވީ

އަޟްޙާ ޢީދު 1442 - ރ. ރަސްގެތީމުގެ ކޯޑީގެ ކުޅިވަރުގެ ތެރެއިން - ފޮޓޯ: ރާއްޖެއެމްވީ

އަޟްޙާ ޢީދު 1442 - ރ. ރަސްގެތީމުގެ ކޯޑީގެ ކުޅިވަރުގެ ތެރެއިން، ކޯޑި ރުކެއްގައި އެއްސުމުން ދެން މަސައްކަތް ކުރާނީ ކޯޑި ހޯދާ ކޯޑި ކެނޑުމަށް. ކޯޑި ކަނޑާ މީހާގެ ކަރުގަ ނާށި ފައްޗާ އެކި ފާޑުގެ ހަޑިއެއްޗެހި އުގުޅުމަށްފަހު މުޅި ރަށުގައި އޭނާ ގަން ހިންގުވާނެ - ފޮޓޯ: ރާއްޖެއެމްވީ

އަޟްޙާ ޢީދު 1442 - ރ. ރަސްގެތީމުގެ ކޯޑީގެ ކުޅިވަރުގެ ތެރެއިން، ކޯޑި ކަނޑާމީހާ ގަން ހިންގުމަށްފަހު، ރަށުގެ އަންހެންވެރިން އޭނާ މޫދަށްލާ ފެންވަރުވާ ނަލަ ހައްދައިގެން ރަށު ތެރޭގައި ހިންގުވާ - ފޮޓޯ: ރާއްޖެއެމްވީ

އަޟްޙާ ޢީދު 1442 - ރ. ރަސްގެތީމުގެ ކޯޑީގެ ކުޅިވަރުގެ ތެރެއިން، މިއީ އީދުގައި ކުޅޭ އެންމެ ފޯރިގަދަ އެއް ކުޅިވަރު، ކުދި ބޮޑު އެންމެން ފޯރި ނަގާ ބޮޑު ކުޅިވަރުވެސްމޭ - ފޮޓޯ: ރާއްޖެއެމްވީ

އަޟްޙާ ޢީދު 1442 - ރ. ރަސްގެތީމުގެ ކޯޑީގެ ކުޅިވަރުގެ ތެރެއިން، ކޯޑީގެ ކުޅިވަރުގައި ފުރަތަމަ ކޯޑި ހިފައިގެން ސަގާފީ ހަރަކާތްތަކާއި އެކު މުޅި ރަށުގެ އެކި މަގުތަކުގައި ހިގާނެ. އެއަށްފަހު ކޯޑި ކޮންމެ ވެސް ރުކެއް ނުވަތަ ބޮޑު ގަހެއްގައި އައްސާނެ - ފޮޓޯ: ރާއްޖެއެމްވީ