އެއް މިލިއަން ފަތުރުވެރިޔާ އަށް ހޫނު މަރުހަބާއެއް
އެއް މިލިއަން ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ 29 އޮކްޓޯބަރ 2021 ގައެވެ. އެއީ ފްރާންސްގެ ރައްޔިތެއް ކަމަށްވާ ވިންސެންޓް ވިކްޓަރ ކޮރެންޓިން ޕިޓާއު އެވެ. މި ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށްޓަކައި ޓުއަރިޒަމް މިނިސްޓްރީ، އެމްއެމްޕީއާރުސީ އަދި އެމްއޭސީއެލްގެ ބޭފުޅުން ވަޑައިގެންނެވިއެވެ.

އެއް މިލިއަން ފަތުރުވެރިޔާއަށް ރާއްޖެއިން މަރުހަބާ ކިޔުން - ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިހިނގާ އޮކްޓޯބަރު މަހުގެ 1ން 21ށް 91،628 ފަތުރުވެރިއަކު ވަނީ ރާއްޖެ އައިސްފައި - ފޮޓޯ: ރާއްޖެއެމްވީ

އެއް މިލިއަން ފަތުރުވެރިޔާއަށް ރާއްޖެއިން މަރުހަބާ ކިޔުން - މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންޑިއާ މާކެޓުން. އިންޑިއާ މާކެޓު 22.8 އިންސައްތަ ހިއްސާކުރާއިރު އެ މާކެޓުން އައި ފަތުރުވެރިންގެ އަދަދު 219،381 އަށް އަރާ - ފޮޓޯ: އެމްއެމްޕީއާރުސީ

އެއް މިލިއަން ފަތުރުވެރިޔާއަށް ރާއްޖެއިން މަރުހަބާ ކިޔުން - ފޮޓޯ: އެމްއެމްޕީއާރުސީ

އެއް މިލިއަން ފަތުރުވެރިޔާއަށް ރާއްޖެއިން މަރުހަބާ ކިޔުން - މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އޮގަސްޓު މަހު. އެއީ 143،599 ފަތުރުވެރިން - ފޮޓޯ: އެމްއެމްޕީއާރުސީ

އެއް މިލިއަން ފަތުރުވެރިޔާއަށް ރާއްޖެއިން މަރުހަބާ ކިޔުން - އެއް މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވުމުން މިހާރު އަމާޒު ހިފާފައިވަނީ 1.3 މިލިއަން ފަތުރުވެރިންނަށް ކަމަށް ޓޫރިޒަމް މިނިސްޓަރ ވަނީ ވިދާޅުވެފައި - ފޮޓޯ: ޓުއަރިޒަމް މިނިސްޓްރީ

އެއް މިލިއަން ފަތުރުވެރިޔާއަށް ރާއްޖެއިން މަރުހަބާ ކިޔުން - އެއް މިލިއަން ހަމަވި ފަތުރުވެރިޔާ ރާއްޖެއައިސްފައިވަނީ ހުކުރު ދުވަހުގެ ހަވީރު އެމިރޭޓްސްގެ ފްލައިޓެއްގައި، އެއީ ފްރާންސްގެ ރައްޔިތެއް ކަމަށްވާ ވިންސެންޓް ވިކްޓަރ ކޮރެންޓިން ޕިޓާއު - ފޮޓޯ: ޓުއަރިޒަމް މިނިސްޓްރީ