ބޯކޮށް ވާރޭވެހި ހިޔާ ފްލެޓްގައި ފެން ބޮޑުވުން
ހުޅުމާލޭ ދެވަނަ ފޭސްގައި އަޅާފައިވާ ހިޔާގައި ހިމެނެނީ 25ބުރީގެ 16 ޓަވަރެވެ. މި މަޝްރޫޢުގައި 6720 އެޕާޓުމަންޓު ހިމެނެއެވެ. ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވާން ފަށާފައިވާއިރު، އެތަން ހަދަން ޖެހެނީ އަމިއްލައަށެވެ. ފްލެޓްގެ ޖާގަ ކުޑަވުމާ ދައްކަންޖެހޭ ކުލި ބޮޑުވުމުގެ ސަބަބުން އެތައް ޝަކުވާއެއް، ފްލެޓް ލިބުނު ފަރާތްތަކުން ވަނީ ކޮށްފައެވެ. ފްލެޓް އިމާރާތް ކުރުމުގައި ބަލަން ޖެހޭ މިންވަރަށް ނުބެލުމުގެ ސަބަބުން ދިރުއުޅޭ އާއިލާތަކަށް ތަކުލީފުތަކެއް އުފުލަން ޖެހިފައިވާއިރު، ބޯކޮށް ވާރޭ ވެހިއްޖެނަމަ މުޅި ފްލެޓުގައި ފެންބޮޑުވެއެވެ.

ވާރޭވެހިއްޖެނަމަ ކުޑަދޮރުތައް ލައްޕާފައި ހުއްޓަސް ފެން ފައިބާ ކަމަށާއި ފެން ހޮޅިތަކުން ވެސް ފެން ފައިބާކަމަށް އެތަނުގައި ދިރިއުޅޭ އާއިލާތަކުން ބުނޭ - ފޮޓޯ: ހިޔާ ޔޫނިއަން

ބޯކޮށް ވާރޭވެހި ހިޔާ ފްލެޓްގައި ފެން ބޮޑުވެފައި - ފޮޓޯ: ހިޔާ ޔޫނިއަން

ހިޔާ ފްލެޓަށް ބަދަލުވި އާއިލާއަކުން ވަނީ ފްލެޓުތަކުގައި ފެންބޮޑުވާ މައްސަލަ އަދި ފެން ހޮޅިތަކުން ފެން ފައިބާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައި - ފޮޓޯ: ހިޔާ ޔޫނިއަން

އެޕާޓްމަންޓުގެ ޝީޓުގެ މަތިންނާއި ކުޑަ ދޮރުތަކުން ވެސް ފެން އެތެރެއަށް ވަންނަ ކަމަށް އެތަނުގައި ދިރިއުޅޭ އާއިލާތަކުން ބުނޭ - ފޮޓޯ: ހިޔާ ޔޫނިއަން