ލ. ކަޅައިދޫ - ސުނާމީގެ ހިތި ހަނދާނާ ގުޅިފައިވާ ރަށެއް
ލ. ކަޅައިދޫ އަކީ ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން ހިމެނޭ ރަށެކެވެ. މި ރަށަކީ މިހާރު މީހުން ދިރިއުޅޭ ރަށެއް ނޫނެވެ. މި ރަށް މިހާރު ބޭނުން ކުރަނީ ސިފައިންގެ ބޭނުމަށެވެ.

ލ. ކަޅައިދޫ ސަހަރާ - މި ރަށަކީ ކަޅައިދޫގެ ރައްޔިތުންގެ ހިތާ ގުޅިފައިވާ އަދި ދިރިއުޅުމުގެ އެތައް ހަނދާންތައް ގުޅިފައިވާ ރަށެއް - ފޮޓޯ: މުހައްމަދު އަނިލް / ރާއްޖެއެމްވީ

ލ. ކަޅައިދޫ - ކަޅައިދޫގެ އާއިލާއެއް ދިރިުޅުނު ގެ އެއް - ފޮޓޯ: މުހައްމަދު އަނިލް / ރާއްޖެއެމްވީ

ލ. ކަޅައިދޫ - ސުނާމީ ކާރިސާގައި ކަޅައިދޫގެ ބޮޑު ބައެއް ވަނީ ހަލާކުވެފައި - ފޮޓޯ: މުހައްމަދު އަނިލް / ރާއްޖެއެމްވީ

ލ. ކަޅައިދޫ - ކަޅައިދޫގައި މީހުން ދިރިއުޅުނު ދުވަސްވަރު އާއިލާ އެއް ދިރި އުޅުނު ގެއެއް - ފޮޓޯ: މުހައްމަދު އަނިލް / ރާއްޖެއެމްވީ

ލ. ކަޅައިދޫ - ތައުލީމާއި ހުނަރާ އަދި ތަރުބިއްޔަތުގެ އެކިއެކި ޕްރޮގްރާމުތައް ހިންގުމަށް 500 މީހުންގެ ޖާގައިގެ "ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު" އެއް ލ. ކަޅައިދޫގައި ހަދަން ސަރުކާރުން ވަނީ ނިންމާފައި - ފޮޓޯ: މުހައްމަދު އަނިލް / ރާއްޖެއެމްވީ

ލ. ކަޅައިދޫ - ލ. ކަޅައިދޫގައި ޒުވާނުންނަށް ތަމްރީނުދޭން ހަދާ މަރުކަޒުގެ ބޭނުމަކީ ހުރިހާ ފަރުދުންނަކީ، ވަކިން ހާއްސަކޮށް ޒުވާނުންނަކީ، މުޖުތަމައަށް ފައިދާކުރުވަނިވި ބައެއްގެ ގޮތުގައި ބިނާކުރުމުގައި އެހީތެރިވެދިނުން - ފޮޓޯ: މުހައްމަދު އަނިލް / ރާއްޖެއެމްވީ

ލ. ކަޅައިދޫ - ސުނާމީ އަށްފަހު ކަޅައިދޫއިން މީހުން ބަދަލުވަމުން ގޮސް 2010 ވަނަ އަހަރު ގިނަ ބަޔަކު އެރަށުން ގަމަށް ބަދަލުވި. އެއަށްފަހު 27 މީހަކު އޭރު އެރަށުގައި ދިރި އުޅުނު، ނަމަވެސް އާބާދީ ކުޑަވުމުގެ ސަބަބުން އެކަށީގެންވާ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށް ސަރުކާރަށް ގަބޫލުނުކުރެވޭތީ އަނެއްކާވެސް ގަމުން އެ އާއިލާތަކަށް ގެދޮރު ސަރުކާރުން ފޯރުކޮށްދިން - ފޮޓޯ: މުހައްމަދު އަނިލް / ރާއްޖެއެމްވީ

ލ. ކަޅައިދޫ - އޭރުގެ ސަރުކާރުން ކަޅައިދުއަކީ މީހުން ވަޒަންވެރިވެ ނޫޅޭ ރަށެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމީ، އެހާ މަދު މީހުންނާއި އެކު އެރަށަށް އެކަށީގެންވާ ގޮތެއްގައި ރަނގަޅު ޚިދްމަތްތައް ފޯރުވައިދީ، މީހުން ރައްކާތެރިކޮށް ބެލެހެއްޓުމަކީ މާލީގޮތުން ސަރުކާރަށް ދަތި ކަމަކަށްވާތީ - ފޮޓޯ: މުހައްމަދު އަނިލް / ރާއްޖެއެމްވީ

ލ. ކަޅައިދޫ - ސުނާމީ ކާރިސާގައި ކަޅައިދޫގެ ބޮޑު ބައެއް ހަލާކުވުމާއި ގުޅިގެން 2010 ވަނަ އަހަރު އޭރުގެ ސަރުކާރުން މި ރަށަކީ މީހުން ދިރިއުޅެން ރައްކާތެރި ރަށެއް ނޫން ކަމަށް އިއުލާން ކުރެއްވި - ފޮޓޯ: މުހައްމަދު އަނިލް / ރާއްޖެއެމްވީ

ލ. ކަޅައިދޫ - ކަޅައިދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގަމުގައި ވެސް ގެދޮރު އިމާރާތްކޮށް ބައެއް އާއިލާތައް ބަދަލުވި - ފޮޓޯ: މުހައްމަދު އަނިލް / ރާއްޖެއެމްވީ