މޫސުން - ކަނޑުތައް ވަރަށް ގަދަވާނެ، ސަމާލުވޭ
މި ދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުން - ސުނާމީ ބިނާ ސަރަހައްދު، މޫސުމާއި ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ޔެލޯ އެލާޓް ފުރަތަމަ ނެރެފައިވަނީ ހުކުރު ދުވަހުގެ ރޭ މެންދަމު 12:30ން ފެށިގެން ހޮނިހިރު ދުވަހުގެ ހެނދުނު 8:30 އާ ހަމައަށް، ނަމަވެސް މިހާރު ހޮނިހިރު ދުވަހުގެރޭ 8:30ށް ވަނީ ވަގުތު އިތުރުކޮށްފައި - ފޮޓޯ: ރާއްޖެއެމްވީ

މޫސުން - ސުނާމީ ބިނާ ސަރަހައްދު، ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފްގެ ސަބަބުން ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވައި ގަދަވުމާއެކު ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ބުނެފައި - ފޮޓޯ: ރާއްޖެއެމްވީ

މޫސުން - ސުނާމީ ބިނާ ސަރަހައްދު، ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި، ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި - ފޮޓޯ: ރާއްޖެއެމްވީ

މޫސުން - ސުނާމީ ބިނާ ސަރަހައްދު، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވާއިރު، ދިޔަވަރު ބޮޑުވާ ވަގުތު އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައި - ފޮޓޯ: ރާއްޖެއެމްވީ