އަސްކަރީ ޢިއްޒަތުގައި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން ވަޅުލުން
އިންޑިއާގައި އަސްކަރީ ތަމްރީނު ފުރިހަމަ ކުރަމުންދިޔަ ލާންސް ކޯޕްރަލް މުޙައްމަދު ޞުލްޠާން އަސްކަރީ އިއްޒަތުގައި ވަޅުލައިފިއެވެ. ސުލްޠާން ނިޔާވެފައި ވަނީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކެޑެމީގެ، ކޭމްޕް ގްރީން ހޯންގައި ހޮނިހިރު ދުވަހު އޮތް އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައެވެ. 2018 އޭޕްރީލް 8 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅުނު ސުލްޠާން ފުރިހަމަކުރަމުން ދިޔައީ 2021 މާރިޗް 1ން 2024 މާރިޗް 15ށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށް ގެންދިޔަ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހެވެ. މިކޯހަށް ދިއުމުގެ ކުރިން އޭނާ މަސައްކަތް ކުރަމުން ގެންދިޔައީ އިންޓަގްރޭޓެޑް ހެޑްކްއާޓަރޒް (ޖޭ-1)ގައެވެ. އޭނާއަށް ލާންސް ކޯޕްރަލްކަމުގެ ރޭންކް ލިބިފައިވަނީ މި ކޯސް ފުރިހަމަ ކުރަމުންދަނިކޮށެވެ.

ލާންސް ކޯޕްރަލް މުޙައްމަދު ޞުލްޠާންގެ މަހާނަ: ފޮޓޯ - ރާއްޖެއެމްވީ

ލާންސް ކޯޕްރަލް މުޙައްމަދު ޞުލްޠާންގެ ޖަނާޒާގެ ތެރެއިން: ފޮޓޯ - ރާއްޖެއެމްވީ

ލާންސް ކޯޕްރަލް މުޙައްމަދު ޞުލްޠާންގެ ޖަނާޒާގެ ތެރެއިން: ފޮޓޯ - ރާއްޖެއެމްވީ

ލާންސް ކޯޕްރަލް މުޙައްމަދު ޞުލްޠާންގެ ޖަނާޒާގެ ތެރެއިން: ފޮޓޯ - ރާއްޖެއެމްވީ

ލާންސް ކޯޕްރަލް މުޙައްމަދު ޞުލްޠާންގެ ހަށިގަނޑު ވަޅުލުމަށް ގެންދަނީ: ފޮޓޯ - ރާއްޖެއެމްވީ

ލާންސް ކޯޕްރަލް މުޙައްމަދު ޞުލްޠާންގެ ޖަނާޒާގައި އޭނާގެ ބައްޕަ އާއި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު: ފޮޓޯ - ރާއްޖެއެމްވީ

ލާންސް ކޯޕްރަލް މުޙައްމަދު ޞުލްޠާންގެ ޖަނާޒާގައި ވަރަށް ގިނަ ބަޔަކު ބައިވެރިވެފައިވޭ: ފޮޓޯ - ރާއްޖެއެމްވީ