ފޮޓޯ ގެލަރީ

އޯ.ސީ.އެމް-އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ސިސްޓަމް ރާއްޖެއާ ގުޅައިލުން
އޯޝަން ކަނެކްޓް މޯލްޑިވްސް-އިންޑިއާ އޭޝިޔާ އެކްސްޕްރެސް (އޯ.ސީ.އެމް-އައި.އޭ.އެކްސް) ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅާލައިފިއެވެ. އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ގުޅައިލެވިފައި ވަނީ ހުޅުމާލޭގައި ހުންނަ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ކެބަލްލޭންޑިންގް ސައިޓާއެވެ.

"ކުދިން ތަރުބިއްޔަތުކުރުމަށް ފަހި މަގެއް" ފޮތް ނެރުން
"ކުދިން ތަރުބިއްޔަތުކުރުމަށް ފަހި މަގެއް" ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިންޓަރޕޯލްގެ ސެކްރެޓަރީ ޖެނެރަލް، ނައިބު ރައީސްގެ އަރިހަށް ޒިޔާރަތްކުރެއްވުން
އިންޓަރޕޯލްގެ ސެކްރެޓަރީ ޖެނެރަލް ޔާގަން ސްޓޮކް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ބުދަ ދުވަހުގެ މެންދުރުފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

'އިކޯސިސްޓަމްސް އޮފް ދަ މޯލްޑިވްސް' ފޮތް އިފްތިތާހުކުރުން
'އިކޯސިސްޓަމްސް އޮފް ދަ މޯލްޑިވްސް' ފޮތް އިފްތިތާހުކުރުމަށް ބޭއްވި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޕާކިސްތާނުގައި ރޭލެއް ފުރޮޅާލައި، އެތައްބައެއް މަރުވުން
ޕާކިސްތާނުގެ ނަވާބްޝާހްގައި ރޭލެއް، ދަގަނޑު މަތިން ކައްސާލައި ފުރޮޅާލުމުގެ ސަބަބުން މަދުވެގެން 30 މީހުން މަރުވެ، އިތުރު އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ރަޝިއާގެ މިނިސްޓަރުން ދިރިއުޅުއްވާ އިމާރާތަކަށް ދެވުނު 2ވަނަ ޑްރޯން ހަމަލާ
ރަޝިއާގެ މޮސްކޯގައި، އެގައުމުގެ މިނިސްޓަރުން ދިރިއުޅުއްވާ ދެ އިމާރާތަކަށް، ދެ ދުވަހުގެ މަތިން ވަނީ ޑްރޯން ހަމަލާ އަމާޒުވެފައެވެ.

"ވިޒިޓް މޯލްޑިވްސް ޕްރޯ 2023" މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު
އައި.ބީ.ސީ ބޮޑީބޯޑިންގ ވޯލްޑް ޓުއަރ "ވިޒިޓް މޯލްޑިވްސް ޕްރޯ 2023" މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

35 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ބައިވެރިން ދަސްވެނިވުން
35 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ފަރޓިލިޓީ ސަޕޯޓް ކޮމިޔުނިޓީގެ 'އައި.ވީ.އެފް ފަންޑު'ން މާލީ އެހީތެރިކަން ހަވާލުކުރުމުގެ ރަސްމިއްޔާތު
ފަރޓިލިޓީ ސަޕޯޓް ކޮމިޔުނިޓީގެ 'އައި.ވީ.އެފް ފަންޑު'ން މާލީ އެހީތެރިކަން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ރިޔާސީ ކޭމްޕޭނަށް އަނެއްކާވެސް ރައީސް ށ އަތޮޅަށް
ރިޔާސީ އިންތިޚާބުގެ ކޭމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ށ. އަތޮޅަށް ވަޑައިގެންފައިވަނީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިނިވަން އުފާ ކާނިވަލަށް ޒިޔާރަތްކުރެއްވުން
މިނިވަން ދުވަހާ ގުޅިގެން ކުރިއަށްގެންދާ މިނިވަން އުފާ 2023 ކާނިވަލް ހުޅުވާލައިފިއެވެ.

ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވުމުން
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، 148 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވާފައެވެ. އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވީ، ހޮނިހިރު ދުވަހުގެ ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.

ރައީސްގެ ދެކަނބަލުން މިނިވަން ދުވަހުގެ ފުޅަނދުބުރު ބައްލަވައިލެއްވުން
ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރޭ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި ފުޅަނދުބުރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްލަވާލައްވައިފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި، ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް
ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރުފުރޭ، 59 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، ރަސްމީ ދަނޑުގައި ބޭއްވި ހެވިކަމުގެ ހަރަކާތްތަކާއި ޝަރަފްގެ ހިނގާލުމާއި ކުޅިވަރުގެ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައްލަވާލައްވައިފިއެވެ.

ޔޫއޭއީ އާއި އޮސްޓްރޭލިއާގެ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު އެރުވުން
ޔޫއޭއީން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޝެއިޚް ރަހްމާން ބިން އަބްދުލް ރަހްމާން ބިން ރަހްމާ އަލް ޝަމްސީ އާއި އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޑޭވިޑް ޖަސެޕް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ފީފާ ވިމެންސް ވަރލްޑް ކަޕް - ފްރާންސް-ޖަމައިކާ ބައްދަލުކުރި މެޗުގެ ތެރެއިން
ފީފާ ވިމެންސް ވަރލްޑް ކަޕްގެ ގްރީޕް އެފްގެ ފްރާންސް އާއި ޖަމައިކާ ބައްދަލުކުރި މެޗު ކުރިއަށް ގެންގޮސްފައި ވަނީ ޖުލައި 23 ވަނަ ދުވަހު ސިޑްނީ ފުޓްބޯލް ސްޓޭޑިއަމްގައެވެ.

ލަންކާގެ ރައީސް ވިކްރަމަސިންހައާއި އިންޑިއާގެ ބޮޑުވަޒީރު ބައްދަލުކުރެއްވުން
ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ދަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ. މިއީ އެމަނިކުފާނު މިފަހުން ލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވިފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅުގައި ވިކްރަމަސިންހަ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވާފައެވެ.

ހޫނު ގަދަ ކަމުން ޔޫރަޕްގެ ރައްޔިތުންނަށް ވަނީ ކެތްނުކުރެވޭ ވަރު ވެފައި!
ފާއިތުވި ދެތިން އަހަރެއްހާ ދުވަހުގެތެރޭގައި މުޅިޔޫރަޕްގައި ހޫނުމިން ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.

ސްވިޑްންގައި ޚަތިމު އަންދަމުންދާތީ އިރާގުގައި މުޒާހަރާކުރަނީ
ސްވިޑްންގައި ޚަތިމު އަންދަމުންދާތީ އެކަމާ ދެކޮޅަށް އިރާގުގައި ވަނީ މުޒާހަރާކޮށްފައެވެ. އިރާގުގެ ރައްޔިތުން ވަނީ އެގައުމުގެ ވެރިރަށް ބަޣުދާދުގައި ހުންނަ ސްވިޑްންގެ އެމްބަސީ ކުރިމައްޗަށް އެއްވެ އެތަނުގައި އަޑުގަދަކޮށްފައެވެ. އަދި އެމްބަސީއަށް ގެއްލުންދީ، ހުޅުޖަހާފައިވެސް ވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ދެކޮޅަށް އެގައުމުގައި މުޒާހަރާކުރަނީ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް އެގައުމުގެ އެތައް ހާސް ބަޔަކު ދަނީ މަގުތަކަށް ނުކުމެ މުޒާހަރާކުރަމުންނެވެ.

އެތީންސްގެ ޖަންގަލިތަކުގައި ރޯވުން
ގްރީސްގެ އެތީންސްގައި ހޫނުގަދަވެ، ޖަންގަލިތަކުގައި ދަނީ ރޯވަމުންނެވެ. މިއަލިފާންގަނޑުތަކުގެ އަސަރު، ޖަންގަލިތަކުގެ ކައިރި ސަރަހައްދުތަކަށް އޭގެ އަސަރު ދަނީ ކުރަމުންނެވެ.

ދެކުނު ކޮރެއާގެ ޓަނަލެއްގައި ފެންބޮޑުވެ ގިނަބަޔަކު މަރުވުން
ދެކުނު ކޮރެޔާގެ ޗޮންގޖޫ ސިޓީގެ ބިމުއަޑީގެ ޓަނަލެއްގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެއްޖެއެވެ. އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން، މިހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ 40ށް އަރާފައެވެ.

މ އަތޮޅުގެ ބައެއް ރަށްތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ރައީސް އިފްތިތާޙްކޮށްދެއްވުން
ރިޔާސީ އިންތިޚާބުގެ ކޭމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މީމު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެމަނިކުފާނު ވަނީ ތަރައްޤީގެ ބައެއް މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވާފައެވެ.

ރިޔާސީ ކޭމްޕޭނަށް ރައީސް މ އަދި ވ އަތޮޅަށް
ރިޔާސީ އިންތިޚާބުގެ ކޭމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހޮނިހިރު ދުވަހު ވަނީ މ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފައެވެ.

ޙައްޖާޖީންގެ ފަހު ގްރޫޕަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަރުޙަބާ ވިދާޅުވުން
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި މިއަހަރުގެ އަމީރުލް ހައްޖު، ފައިސަލް ނަސީމް ވަނީ މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އައި ޙައްޖާޖީންގެ ފަހު ގްރޫޕަށް ވެލާނާ އިންޓަރނޜޭޝަނަލް އެއަރޕޯޓުން މަރުހަބާ ވިދާޅުވެފައެވެ.

ރިޔާސީ ކޭމްޕޭނަށް ރައީސް ކ އަތޮޅަށް
ރިޔާސީ އިންތިޚާބުގެ ކޭމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބުރާސްފަތި ދުވަހު ވަނީ ކ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފައެވެ.

ބޯކޮށް ވާރޭވެހި ނިއު ޑެލްހީގެ މަގުތަކުގައި ފެންބޮޑުވުން
މެދުނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވެރިރަށް ޑެލްހީގެވެސް ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ.

ދުނިޔޭގެ އާބާދީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވުން
ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ 'ވަންގަވް' ޕްލެޓްފޯމް އިފްތިތާހުކޮށްދެއްވުން
ސަރުކާރުގެ ޚިދުމަތްތައް 24 ގަޑިއިރު ލިބޭ "ވަންގަވް" ޕޯޓަލް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިފްތިތާހުކޮށްދެއްވީ ހޯމަ ދުވަހެވެ.

ރިޔާސީ ކޭމްޕޭނަށް ރައީސް ށ. އަތޮޅަށް
ރިޔާސީ އިންތިޚާބުގެ ކޭމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ށ. އަތޮޅަށް ވަޑައިގެންނެވުން