ރައީސްގެ ދެކަނބަލުން މިނިވަން ދުވަހުގެ ފުޅަނދުބުރު ބައްލަވައިލެއްވުން
ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރޭ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި ފުޅަނދުބުރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ފުޅަނދުބުރު ބައްލަވާލައްވަނީ - ފޮޓޯ: ރައީސް އޮފީސް

ފުޅަނދުބުރު ބަލާލަން ތިބި ކުޑަކުދިން - ފޮޓޯ: ރައީސް އޮފީސް

މި ފުޅަނދުބުރު ބާއްވާފައި ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމުކޮށްގެން - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ހިމެނޭހެން 8 އިދާރާއަކުން ޖުމްލަ 15 ފުޅަނދު ބައިވެރިކޮށްފައިވޭ- ފޮޓޯ: ރައީސް އޮފީސް

ފުޅަނދު ބުރު ބަލާލުމަށް ގިނަ ޢަދަދެއްގެ ޢާންމުން ވެސް މާލޭގެ ބޮޑެތި މަގުތަކަށް ނުކުމެފައިވޭ - ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރޭ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ފުޅަނދުބުރެއް ބާއްވާފައި - ފޮޓޯ: ރައީސް އޮފީސް