މ އަތޮޅުގެ ބައެއް ރަށްތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ރައީސް އިފްތިތާޙްކޮށްދެއްވުން
ރިޔާސީ އިންތިޚާބުގެ ކޭމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މީމު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެމަނިކުފާނު ވަނީ ތަރައްޤީގެ ބައެއް މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، މ. މުލަކު ޞިއްޙީ މަރުކަޒަށް އިތުރުކުރެވުނު ޢިމާރާތް ހުޅުއްވައިދެއްވަނީ - ފޮޓޯ: އެމްޑީޕީ

މުލަކު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ޢިމާރާތާއި މުލަކު ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައި - ފޮޓޯ: އެމްޑީޕީ

މުލަކަތޮޅު ރަތްމަންދޫ އައު އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވަނީ - ފޮޓޯ: އެމްޑީޕީ

ރަތްމަންދޫ އިންޖީނުގެ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މިހާރު މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: އެމްޑީޕީ

ރައީސުލްޖުމްހޫރިއްޔާ، މ. ދިއްގަރު ޞިއްޙީ މަރުކަޒަށް އިތުރުކުރެވުނު ޢިމާރާތް ހުޅުއްވައިދެއްވަނީ - ފޮޓޯ: އެމްޑީޕީ

ދިއްގަރު ޞިއްޙީ މަރުކަޒަށް އިތުރުކުރެވުނު ޢިމާރާތުގައި، ޕަބްލިކް ހެލްތް ޔުނިޓަކާއި، އިދާރީ މަސައްކަތް ކުރާނެ ޖާގައިގެ އިތުރުން މެޑިކަލް ކޮންސިއުމަބްލްސް ސްޓޯރޭޖް ޔުނިޓެއް ހިމެނޭ - ފޮޓޯ: އެމްޑީޕީ