ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވުމުން
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، 148 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވާފައެވެ. އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވީ، ހޮނިހިރު ދުވަހުގެ ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.

ނައިބުރައީސް ފައިސަލް ނަސީމާއި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު - ފޮޓޯ: ރައީސް އޮފީސް

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރެއްވި، ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަން، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު - ފޮޓޯ: ރައީސް އޮފީސް

މި ފަހަރު އިނާމު ލިބިވަޑައިގަތް ބޭފުޅުންގެ ތެރެއިން، އަތޮޅުތަކުގެ ރަށްރަށުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިގެން އިނާމު ހާސިލްކުރެއްވީ 65 ބޭފުޅުން - ފޮޓޯ: ރައީސް އޮފީސް

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވުމުގެ ޖަލްސާގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވުމުގެ ޖަލްސާގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް