ފޮޓޯ ގެލަރީ

ރިޔާސީ ކޭމްޕޭނަށް ރައީސް ކ އަތޮޅަށް
ރިޔާސީ އިންތިޚާބުގެ ކޭމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބުރާސްފަތި ދުވަހު ވަނީ ކ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފައެވެ.

ބޯކޮށް ވާރޭވެހި ނިއު ޑެލްހީގެ މަގުތަކުގައި ފެންބޮޑުވުން
މެދުނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވެރިރަށް ޑެލްހީގެވެސް ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ.

ދުނިޔޭގެ އާބާދީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވުން
ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ 'ވަންގަވް' ޕްލެޓްފޯމް އިފްތިތާހުކޮށްދެއްވުން
ސަރުކާރުގެ ޚިދުމަތްތައް 24 ގަޑިއިރު ލިބޭ "ވަންގަވް" ޕޯޓަލް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިފްތިތާހުކޮށްދެއްވީ ހޯމަ ދުވަހެވެ.

ރިޔާސީ ކޭމްޕޭނަށް ރައީސް ށ. އަތޮޅަށް
ރިޔާސީ އިންތިޚާބުގެ ކޭމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ށ. އަތޮޅަށް ވަޑައިގެންނެވުން

ރައީސް ށ، ފޯކައިދޫއަށް ވަޑައިގަތުން
ރައީސް ށ، ފޯކައިދޫއަށް ވަޑައިގަތުން

ރައީސް ށ. ނޫމަރާއަށް ވަޑައިގަތުން
ރައީސް ށ. ނޫމަރާއަށް ވަޑައިގަތުން

ރައީސް ސާލިހު ށ. މަރޮއްޓަށް ވަޑައިގަތުން
ރައީސް ސާލިހު ށ. މަރޮއްޓަށް ވަޑައިގަތުން

ރައީސް ސާލިހު ށ. ކޮމަންޑޫއަށް ވަޑައިގަތުން
ރައީސް ސާލިހު ށ. ކޮމަންޑޫއަށް ވަޑައިގަތުން

ހޮނިހިރު ދުވަހު އެމްޑީޕީން ބޭއްވި ކެމްޕޭން މޯޓިވޭޝަނަލް ސެޝަން
ހޮނިހިރު ދުވަހު ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ވަނީ ކެމްޕޭން މޯޓިވޭޝަނަލް ސެޝަނެއް ބާއްވާފައެވެ.

ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިން އެނބުރި އަންނަން ފެށުން
މިއަހަރު ހައްޖުގެ އަޅުކަމަށް ރާއްޖެއިން ދިޔަ ހައްޖާޖީން އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަން ފަށައިފިއެވެ.

އިސްރާއީލު ސިފައިން ޖެނިންގައި ކުރިއަށް ގެންދާ ރެއިޑުތައް ހުއްޓުމަކަށް
އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނީން ރެފިޔުޖީ ކޭމްޕުގައި ހިންގަމުންދާ އޮޕަރޭޝަން ނިންމާލައިފިއެވެ.

ނާހެލްގެ މަރާ ގުޅިގެން ފްރާންސްގައި ހިންގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަވެރިކަން އައުން
ފްރާންސްގައި ފުލުހުން ބަޑިޖަހައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު މަރާލުމާ ގުޅިގެން، އެގައުމުގެ ރައްޔިތުން ނުރުހުން ފާޅުކޮށް ހިންގަމުން އަންނަ ހަމަނުޖެހުންތަކަށް ސުލްހަވެރިކަން އަންނަން ފަށައިފިއެވެ.

ބޮޑު އޮޕަރޭޝަނެއްގައި އިޒްރޭލު ސިފައިންނާ ޑްރޯންތަކުން ޖެނީންއަށް ހަމަލާތަކެއް
އިޒްރޭލު ސިފައިން ވެސްޓް ބޭންކުގައި ހިންގަމުން އަންނަ ބޮޑު އޮޕަރޭޝަނެއްގައި ދަނީ ޑްރޯންތަކުން ޖެނީންއަށް ހަމަލާ ދެމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވުން
މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ ސްކީމް"ގެ ދަށުން ބިން ދޫކުރުމަށް ގުޅިފަޅު ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

"ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް"ގައި ބައިވެރިވި ޓީމާ ރައީސް ބައްދަލުކުރެއްވުން
"ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް"ގައި ބައިވެރިވެ ރާއްޖެއަށް ރަންވަނަތައް ހޯދައިދިން ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ޓީމުގެ އެތުލީޓުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ.

ހޫނުގަދަވެ، ދެކުނު އެމެރިކާގެ ރައްޔިތުން ހާލުގައި ޖެހިފައި
އެމެރިކާގެ ދެކުނުގައި ހޫނު މޫސުމުގެ ސަބަބުން އިންތިހާއަށް ހޫނު ގަދަވެ، ރައްޔިތުންނަށް ވަނީ އެތައް އުނދަގޫ ތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

ފްރާންސްގައި ފުލުހުން ބަޑިޖަހާ ޒުވާނަކު މަރާލުމާގުޅިގެން އާންމުންގެ ރުޅިގަނޑު ރަތަށް!!
ފްރާންސްގައި ފުލުހުން ބަޑިޖަހާ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއް މަރާލުމާއި ގުޅިގެން އެގައުމުގެ ރައްޔިތުން ދަނީ ނުރުހުން ފާޅުކޮށް ހަމަނުޖެހުން ހިންގަމުން

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން އަޟްޙާ އީދު ފާހަގަ ކުރުން
އަޟްޙާ އީދުގެ މުނާސަބަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުންވަނީ ކުލަގަދަ ކޮށް އީދު ފާހަގަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަޟުޙާ ޢީދު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވަޑައިގެންނެވުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި މިއަދު ކުރި، ޢީދު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވަޑައިގެންފިއެވެ.

ގުއަޓެމާލާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު
ގުއަޓެމާލާގައި އިންތިޚާބާ ގުޅިގެން ބައެއް ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދިޔަ ވަގުތެއްގައި މިވަނީ އިންތިޚާބުގެ ފުރަތަމަ ބުރު ބާއްވާފައެވެ.

މާލޭ ސަހަރައްދުން ގޯތި ދޫކުރުމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
މާލޭ ސަހަރައްދުން ގޯތި ދޫކުރުމާ ގުޅޭގޮތުން ހޯމަ ދުވަހު ޕްލޭނިންގ މިނިސްޓްރީން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

ރަޝިޔާގެ އަސްކަރިއްޔާއާ ދެކޮޅަށް ނިކުތް ކުލީ ސިފައިން މޮސްކޯއަށް ނުގޮސް، މިސްރާބް ބަދަލުކުރުން
ރަޝިއާ ޔޫކްރޭން ހަނގުރާމައިގައި ރަޝިއާއާ އެއްކޮޅަށް މަސައްކަތް ކުރަމުންދާ ކުލީ ސިފައިންތަކެއް ކަމަށްވާ ވެގްނަރ ގްރޫޕުން ރަޝިޔާއާ ދެކޮޅަށް ތެދުވެ މޮސްކޯއާ ދިމާލަށް މިސްރާބުޖެހުމަށްފަހު ލޭއޮހޮރުވުމަކަށް ނުދާނެކަމަށް ބުނެ މިސްރާބް ބަދަލުކޮށްފިއެވެ.

ނައިބު ރައީސް މަދީނާގައި ތަޢުލީމު ހާސިލުކުރާ ދިވެހިންނާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ސައޫދީ އަރަބިއްޔާގެ މަދީނާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސްގެ ނައިބު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި ފުރާވަޑައިގެންނެވުން
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، 1444 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި ސައޫދީ އަރަބިއްޔާއަށް ފުރާވަޑައިގެންނަވާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ބުރާސްފަތި ދުވަހުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަނީ ބުރާސްފަތި ދުވަހު، އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ރައީސް އޮފީހުގައި ކުރިއަށްގެންދަވާފައެވެ.

ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ޖަލްސާ
ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ވަނީ އަންގާރަ ދުވަހުގެ ރޭ ބާއްވާފައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަތެވެ.

ނައިބުރައީސް، މުހައްމަދު ގާސިމް ޕްރީސްކޫލްގެ ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވެވަޑައިގެންނެވުން
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ، މުހައްމަދު ގާސިމް ޕްރީސްކޫލުގެ ގްރެޖުއޭޝަން 2022-2023ގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައެވެ. މި ޖަލްސާ ބާއްވާފައިވަނީ މިއަދު ހެނދުނު, ހުޅުމާލޭ ހުރަވީ ސްކޫލްގެ ހޯލުގައެވެ.

ޙައްޖާޖީންގެ ފަހު ގުރޫޕާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން
މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕްގައި ހިމެނޭ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބައްދަލުކުރައްވައި އަލްވަދާޢު ވިދާޅުވެފައެވެ.

ޤައުމީ ފެންވަރުގެ ސާފުކުރުމުގެ ހަރަކާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވުން
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ޤައުމީ ފެންވަރުގައި ބޭއްވި ސާފުކުރުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.