ފޮޓޯ ގެލަރީ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ދޮރުން ދޮރަށް
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ހެންވޭރު ދެކުނު އަދި އުތުރުގެ ރައްޔިތުން ގާތަށް ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތެއް ވަނީ ބާއްވަވާފައެވެ.

ގުޅިފައިވާ ޕާޓީތަކުގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން
ގުޅިފައިވާ ޕާޓީތަކުގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަނީ މައްޗަށްގޯޅި އާއި މާފަންނުގެ ބައެއް ގެތަކަކަށް އާދިއްތަ ދުވަހު ޒިޔާރާތް ކުރައްވާފައެވެ.

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެތެރެއިން
1445ވަނަ އަހަރުގެ ޤައުމީ ދުވަހާއި ގުޅިގެން، ބޭއްވި ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ޤައުމީ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު އޮތީ ހޮނިހިރު ދުވަހުގެ ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގައެވެ.

ޔޫރަޕްގެ އެންމެ ދުވަސްވީ އެއް ކޯރު ކަމަށްވާ ޕްރެސްޕާ ލޭކުގެ ފެންގަނޑު ހިނދެނީ
ފަރުބަދަތަކުގެ މަތިން ދެމެމުން އަންނަ ، ފަސް މިލިއަން އަހަރު ވެފައިވާ ލޭކް ޕްރެސްޕާގެ ފެންގަނޑު މިހާރު ވަނީ 1970 ގެ އަހަރުތަކަށް ވުރެ 8 މީޓަރަށް ވުރެ ތިރިވެފަ އެވެ.

ކިމް ޖޮންގ އުން ރަޝިއާގައި ޕުޓިންއާ ބައްދަލުކުރެއްވުން
އުތުރު ކޮރެއާގެ އިސް ލީޑަރު ކިމް ޖޮންގ އުންއާއި، ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވަނީ ރަޝިއާގައި ބައްދަލު ކުރައްވާފައެވެ.

އެތައް ފުރާނައެއް ގެއްލުނު މޮރޮކޯގެ ބާރުގަދަ ބިންހެލުމަށް ފަހު...
މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމުގައި ވަނީ އެތަށް ހާސް ފުރާނައެއް ގެއްލިފައެވެ.

އެމެރިކާގައި 9/11 ގެ އަހަރީ ދުވަސް ފާހަގަކުރުން
9/11 ގެ އަހަރީ ދުވަހާއި ގުޅިގެން އެމެރިކާގެ ސަރުކާރުން ވަނީ ހޯމަ ދުވަހު އެދުވަސް ފާހަގަކޮށްފައެވެ.

މޮރޮކޯގެ ބިންހެލުމުގައި ގެއްލިފައިވާ މީހުންގެ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދަނީ
މޮރޮކޯގެ މެދުތެރޭގެ ހިސާބުތަކަށް ހުކުރު ދުވަހުގެ ރޭ ދަންވަރު އައި ބާރުގަދަ ބިންހެލުމުގައި އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދާ، މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް އެގައުމުގައި ދަނީ ކުރަމުންނެވެ.

ރިޔާސީ އިންތިޚާބު 2023
މި އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާފައިވަނީ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހެވެ.

ބްރެޒިލްގެ އެންމެ ދެކުނުގެ ސްޓޭޓްގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު އިތުރުވަނީ
ބްރެޒިލްގެ އެންމެ ދެކުނުގެ ސްޓޭޓްގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ ރާއްޖެޓީވީއަށް ޒިޔާރަތްކުރެއްވުން
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ ސެޕްޓެމްބަރު 7 ވަނަ ދުވަހު ރާއްޖެޓީވީއަށް ޒިޔާރަތްކުރައްވާފައެވެ. އެކަމަނާ ވަނީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ރާއްޖެޓީވީގެ ސްޓާފުންނާ ބައްދަލުކުރެއްވިއެވެ.

އެމެރިކާއިން ރާއްޖެއަށް ކަނޑައެޅި ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވުން
އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި، ރާއްޖޭގައި ހުންނަވާ ފުރަތަމަ ސަފީރު ހޫގޯ ޔޫ-ހޯ ޔޮން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެއެވެ. މިރަސްމިއްޔާތު އޮތީ ބުދަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފަރސްޓް ގްލޯބަލް ޗެލެންޖް 2023ގައި ބައިވެރިވާ ދަރިވަރުންނާ ނައިބު ރައީސް ބައްދަލުކުރެއްވުން
ފަރސްޓް ގްލޯބަލް ޗެލެންޖް 2023ގައި ބައިވެރިވާ، ހިރާ ސްކޫލްގެ ދަރިވަރުންނާ ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.

ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުވުން
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ސަރުކާރުން ހުޅުމާލޭގައި ގާއިމްކުރި ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުއްވައިދެއްވައިފިއެވެ. އާދިއްތަ ދުވަހު މި ސެންޓަރު ހުޅުވާފައިވަނީ، މިހާރު އިންފެކްޝަސް ޑިޒީޒް މެނޭޖްމެންޓް ސެންޓަރވެސް ހިނގަމުން އަންނަ، ހުޅުމާލޭ އޮރެންޖް ހިޔާ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައެވެ.

ރައީސުލްޖުމްހޫރިއްޔާ ރާއްޖެޓީވީއަށް ވަޑައިގަތުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ސެޕްޓެމްބަރު 2 ވަނަ ދުވަހު ރާއްޖެޓީވީއަށް ވަޑައިގަންނަވާފައެވެ. ޕްރޮގްރާމް ނިންމަވާލެއްވުމަށްފަހު ރައީސް ސާލިހް ވަނީ ރާއްޖެޓީވީގެ ސްޓާފުންނާ ބައްދަލުކުރައްވާފައެވެ.

ރިޔާސީ ކޭމްޕޭނަށް ރައީސް ޅ އަތޮޅަށް
ރިޔާސީ އިންތިޚާބުގެ ކޭމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބުރާސްފަތި ދުވަހު ވަނީ ޅ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފައެވެ.

ގދ. ތިނަދޫގައި ހިންގާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުން
ގދ. ތިނަދޫގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ފާހަގަކޮށްދެއްވައިފިއެވެ.

ގައުމީ ދާރުލްއާސާރު ތަރައްގީކުރުމަށްފަހު އާއްމުންނަށް ހުޅުވާލަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެހީގައި ގައުމީ ދާރުލްއާސާރު ތަރައްގީކޮށް, އާންމުންނަށް ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގުނު, މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން އެއް ހަރަކާތެވެ. ބީއެމްއެލްއިން ވަނީ މި ޕްރޮޖެކްޓް ހިންގުމަށް 2 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައެވެ.

ހިޔާ ތެރަޕީ އެންޑް އިންޓަވެންޝަން ސެންޓަރ ހުޅުވުން
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ ހިޔާ ތެރަޕީ އެންޑް އިންޓަވެންޝަން ސެންޓަރ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. ނައިބު ރައީސް ހިޔާ ތެރަޕީ އެންޑް އިންޓަވެންޝަން ސެންޓަރ ހުޅުއްވާދެއްވާފައި ވަނީ އާދިއްތަ ދުވަހުއެވެ.

އައިއޯއައިޖީ: އަންހެން ޓީޓީ ޓީމުން ރަން މެޑަލް ދިފާއުކޮށްފި
ފައިނަލުގައި މޮރިޝަސް ބަލިކޮށް، ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމުން ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ރަން މެޑަލް ދިފާއުކޮށްފައެވެ. ގައުމީ އަންހެން ޓީމުން މޮރިޝަސްގެ މައްޗަށް ކުރިހޯދާފައިވަނީ 3-1ގެ ނަތީޖާއަކުންނެވެ. މިއާއެކު، މިއަހަރުގެ ގޭމްސްގައި ރާއްޖެއަށް އެންމެ ފުރަތަމަ ރަން މެޑަލް ހޯދައިދިން ޓީމަކަށް ވެފައިވަނީ އަންހެން ޓީޓީ ޓީމެވެ.

ނައިބު ރައީސް ފައިސަލް، "އަހަރުމެންނާއެކު" އެކްސްޕޯއަށް ޒިޔާރަތްކުރެއްވުން
ހުކުރު ދުވަހުގެ ހަވީރު މަސްތުވާތަކެއްޗާ ދެކޮޅަށް ބޭއްވި ފުރަތަމަ އެކްސްޕޯ، "އަހަރެމެންނާއެކު" އެކްސްޕޯ ހުޅުއްވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ނައިބު ރައީސް ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާފައެވެ.

ގްރީސްގެ ޖަންގަލިތަކުގައި ރޯވެ އަނދަނީ
ގްރީސްގެ ޖަންގަލިތަކުގައި އަލިފާން ރޯވެ އަނދަމުންދާއިރު، ޖަންގަލިތަކުގައި ދިރިއުޅެމުންދާ ޖަނަވާރުންތަކަށް މީގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. އަދި ދުމުގެ އަސަރުކޮށް އެތައް ބަޔަކަށް ވަނީ ފަރުވާދޭން ޖެހިފައެވެ.

އަޅިއަށްވެފައިވާ ލަހައިނާއަށް އެމެރިކާގެ ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރެއްވުން
އަލިފާނުގެ ހާދިސާގައި އަޅިއަށްވެފައިވާ ހަވާއީގެ، ލަހައިނާއަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޖިލް ބައިޑަން ވަނީ ހޯމަ ދުވަހު ޒިޔާރަތް ކުރައްވާފައެވެ.

ޖަޕާނުގެ ފުކުޝީމާ ޕްލާޓުން ކަނޑަށް ފެން ބޭރުކުރުމާ ދެކޮޅަށް ދެކުނު ކޮރިއާގައި މުޒާހަރާކުރަނީ
ޖަޕާނުގެ ފުކުޝީމާ ނިއުކްލިއަރ ޕްލާޓުން އުކާލަން ބޭނުންވާ ގިނަ އަދަދެއްގެ ރޭޑިއޯ އެކްޓިވް "ފެން" ޕެސިފިކް ކަނޑުގެ ތެރެޔަށް ދޫކުރަން ނިންމި ނިންމުމާ ގުޅިގެން، ދެކުނު ކޮރިއާގެ އާންމުން ދަނީ އެގައުމުގެ ވެރިރަށް ސޯލްގައި މުޒާހަރާކުރަމުންނެވެ.

ބ. އަތޮޅުގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް، ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ރަށްރަށުގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.

ރައީސްގެ ދެކަނބަލުން، އައިއޯއައިޖީގައި ބައިވެރިވާ އެތުލީޓުންނާ ބައްދަލުކުރެއްވުން
އިންޑިޔާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ކުޅިވަރު މުބާރާތް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023ގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ސޯޝަލް ސެންޓަރުގައެވެ.

މައިލޯ އެކެޑަމީ ޗެންޕިއަންޝިޕް 2023 ގެ 12 އަހަރުން ދަށުގެ މުބާރާތް ނިންމާލުން
މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް 2023 ގެ ބާރަ އަހަރުން ދަށުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިމުބާރާތުގެ ޗެމްޕެއިންކަން ހޯދާފައި ވަނީ މާޒިޔާ އެކަޑަމީގެ ޓީމެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފައެވެ.

"މަޙްފަލް އަލް-ޤުރުއާނީ 1445" ހަފުލާ
އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާއިން އިންތިޒާމުކޮށްގެން ބޭއްވި "މަޙްފަލުލްޤުރްއާނީ 1445" ބާއްވާފައި ވަނީ ހޮނިހިރު ދުވަހުއެވެ. މިހަފުލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

ސްޕެއިންގެ ޓެނެރީފް އައިލެންޑްސްގައި ރޯވި އަލިފާންގަނޑު ފެތުރެނީ
ސްޕެއިންގެ ޓެނެރީފް އައިލެންޑްސްގައި ރޯވި އަލިފާންގަނޑު ދަނީ ފެތުރެމުންނެވެ.

ރައީސްގެ އަނބިކަނބަލުން، "ދަ އިންވިންސިބްލް: ދަ ކޮންފިއުޝަން" ފޮތް ނެރެދެއްވުން
އަންވަރު ނައީމް ލިއުއްވާފައިވާ ޚިޔާލީ ވާހަކައެއް ކަމުގައިވާ "ދަ އިންވިންސިބްލް: ދަ ކޮންފިއުޝަން" ފޮތް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ ނެރެދެއްވާފައެވެ. މި ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ގައުމީ ކުތުބުޚާނާގައެވެ.