ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހުޅުމާލެ ހާފްވޭ ހައުސްގެ "ދާލަން" ކްލިނިކް ހުޅުއްވައިދެއްވުން
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ހުޅުމާލޭ ހާފްވޭހައުސްގައި ގާއިމުކޮށްފައިވާ ދާލަން ކްލިނިކް ހުޅުއްވައިދެއްވައިފައި ވަނީ އެކަމަށްޓަކައި އާދިއްތަ ދުވަހުގެ ހަވީރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ދާލަން ކްލިނިކަކީ ހުޅުމާލޭ ހާފްވޭހައުސްގައި ގާއިމްކޮށްފައިވާ، އަންހެނުންގެ ރިހެބިލިޓޭޝަން ސެންޓަރުގައި ހުރި ކްލިނިކްގައި ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، އަންހެނުންނަށް ޚާއްސަ ބަލިތަކާއި މި ނޫންވެސް އާ ޚިދުމަތްތަކާއެކު ހުޅުވި ކްލިނިކެކެވެ.

އެޑިކްޝަނަށް ފަރުވާދިނުމާއި، މައިނަރ ޕްރޮސީޖަރގެ ޚިދުމަތާއި، ސިނގިރޭޓް ބުއިން ހުއްޓުވުމަށް އެހީތެރިވެދޭ ޓޮބޭކޯ ސެސޭޝަން ތެރަޕީފަދަ ޚިދުމަތްތައް މިކްލިނިކުން ދެވޭނެ - ފޮޓޯ: ރައީސް އޮފީސް

މި ކްލިނިކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި؛ އާންމު ބަލިތަކަށް ފަރުވާދިނުމާއި، އަންހެނުންގެ ޚާއްސަ ބަލިތަކަށް ފަރުވާ ދިނުން ހިމެނޭ - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިކްލިނިކް ހުޅުއްވައިދެއްވައިފައި ވަނީ އެކަމަށްޓަކައި އާދިއްތަ ދުވަހުގެ ހަވީރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި - ފޮޓޯ: ރައީސް އޮފީސް

އާއިލާ ރޭވުމުގައި އަންހެނުންނަށް ދިމާވާ ޚާއްސަ ހާލަތްތަކަށް އަމާޒުކުރެވިގެން، ފެންވަރު ރަނގަޅު ޚިދުމަތްތައް މި ކްލިނިކުން ދެވޭނެ - ފޮޓޯ: ރައީސް އޮފީސް

މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ހުރެގެން، އެކަމަށް ފަރުވާ ބޭނުންވާ އަންހެނުންނަށް މި ކްލިނިކުން ފޯރުކޮށްދޭ ޚިދުމަތްތައް ޚާއްސަކުރެވިގެންދާނެ - ފޮޓޯ: ރައީސް އޮފީސް

ދާލަން ކްލިނިކަކީ ހުޅުމާލޭ ހާފްވޭހައުސްގައި ގާއިމްކޮށްފައިވާ، އަންހެނުންގެ ރިހެބިލިޓޭޝަން ސެންޓަރުގައި ހުރި ކްލިނިކްގައި ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ހުޅުވި ކްލިނިކެއް - ފޮޓޯ: ރައީސް އޮފީސް