ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިނިވަން އުފާ ކާނިވަލަށް ޒިޔާރަތްކުރެއްވުން
މިނިވަން ދުވަހާ ގުޅިގެން ކުރިއަށްގެންދާ މިނިވަން އުފާ 2023 ކާނިވަލް ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިނިވަން ދުވަހާ ގުޅިގެން ކުރިއަށްގެންދާ މިނިވަން އުފާ 2023 ކާނިވަލް ހުޅުއްވައިދެއްވަނީ - ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ނައިބު ރައީސް ފައިސަލް ނަސީމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާތިފާއި އެހެނިހެން ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގަތް - ފޮޓޯ: ރައީސް އޮފީސް

މި ކާނިވާ ހުޅުއްވައިދެއްވުމަށްފަހު ރައީސްގެ ދެ ކަނބަލުން ވަނީ ކާނިވަލުގައި ކުރިއަށްދާ ހަރަކާތްތައް ބައްލަވާލައްވާފަ - ފޮޓޯ: ރައީސް އޮފީސް

މި ކާނިވަލުގައި، ހުރިހާ އުމުރުފުރާއަކާ ގުޅޭ ތަފާތު ހަރަކާތްތައް ކުރިއަށްގެންދާނެ - ފޮޓޯ: ރައީސް އޮފީސް

ކާނިވާ ހުޅުވުމުގެ ގޮތުން ހޮނިހިރު ދުވަހުގެ ރޭ ވަނީ ދިރާގާއި ޓޫރިޒަމް މިނިސްޓްރީ އަދި ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑްރޯން ޝޯއެއްވެސް ބާއްވާފަ - ފޮޓޯ: ރައީސް އޮފީސް

ހަވާ އެރުވުމާއި ރެޑްބުލްގެ އެހީތެރިކަމާއެކު ޕެރަމޮޓޯގެ ހަރަކާތްތައްވެސް ވަނީ ބާއްވާފަ - ފޮޓޯ: ރައީސް އޮފީސް