ހިފާފައިވާ ހުޅަނގު އައްސޭރީގައި އިޒްރޭލުން ދިން ނުރައްކާތެރި ހަމަލާ

26 ސެޕްޓެންބަރ 2024 | ބުރާސްފަތި 19:19
-
644
ދެކުނު ޖެނިންގައި ހިންގި މި އޮޕަރޭޝަންގައި އެކަކު މަރުވެ، ފަސް މީހަކު ޒަހަމްވެފައިވާއިރު އޭގެ ތެރޭގައި ނުވަ އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނެ އެވެ.
އިޒްރޭލު ސިފައިން ވަނީ ޖެނިން ގަވަމެންޓް ހޮސްޕިޓަލާއި އިބްނު ސީނާ ހޮސްޕިޓަލް ވަށާލައި އެމްބިއުލާންސްގެ ހިދުމަތްތަކަށް ހުރަސް އަޅާފަ - ފޮޓޯ: ރޮއިޓަރސް
ޖެނިންގައި އިޒްރޭލުގެ އަސްކަރީ ވެހިކަލަކާ ކުރިމަތިލާން އުޅުނު ފަލަސްތީނުގެ މީހެއް، މިދިޔަ އޮގަސްޓް މަހު އިޒްރޭލުން ހުޅަނގު އައްސޭރީގައި ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ހިންގި އެންމެ ބޮޑު ހަމަލާތައް އަމާޒުކޮށް ޖެނިން، ތުލްކަރެމް އަދި ތޫބާސް އަށް އަމާޒުކޮށް ހަމަލާތައް ދީފައިވޭ - ފޮޓޯ: ރޮއިޓަރސް
ޖެނިންގައި އިޒްރޭލުން ދިން ހަމަލާއެއްގައި ލޭޒާއެއް އަޅުވައިގެން ހަރަކާތްތެރިވާ އަސްކަރީ ވެހިކަލެއް - ފޮޓޯ: ރޮއިޓަރސް
އިޒްރޭލުގެ އަސްކަރިއްޔާގެ ވެހިކަލްތައް ޖެނިންގައި ދުއްވަނީ. އިޒްރޭލު ސިފައިން ބޮޑެތި ގެއްލުންތަކެއް ދިނުމުން ހިފާފައިވާ ސަރަހައްދުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ފެނުގެ އިތުރުން އަސާސީ ބޭނުންތައް ހޯދުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައި - ފޮޓޯ: އޭއެފްޕީ
އިޒްރޭލުގެ އަސްކަރީ ވެހިކަލްތައް ޖެނިން މަގުން ދުއްވާފައި ދަނިކޮށް ފަލަސްތީނުގެ ޒުވާނުން ފިލަން ދުވަނީ، 2000 ގެ އަހަރުތަކުގެ ކުރީކޮޅު އިޒްރޭލުން ހިފާފައިވާ ދެވަނަ އިންތިފާދާއަށްފަހު އިޒްރޭލުން ހިފާފައިވާ ސަރަޙައްދުތަކަށް ދިން އެންމެ ބޮޑު ޙަމަލާގައި ފަލަސްޠީނުގެ އެތައް ބަޔަކު ޝަހީދުވެފައިވަނީ އިޒްރޭލުންވެސް ޣައްޒާއާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ދަނޑިވަޅެއްގައި - ފޮޓޯ: އޭއެފްޕީ
ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ޖެނިންގައި އިޒްރޭލުގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގެ ސަބަބުން އެތަން ދޫކޮށް ދާ މީހުން - ފޮޓޯ: އޭއެފްޕީ