ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހުން ތިބި ސްކޫލަކަށް އިޒްރޭލުން ހަމަލާ ދިނުން

27 ސެޕްޓެންބަރ 2024 | ހުކުރު 18:23
-
1252
އިޒްރޭލުން ފަލަސްތީނުގެ 88 މީހެއްގެ ހަށިގަނޑު ޣައްޒާއަށް ފޮނުވުމާ ގުޅިގެން ޚާން ޔޫނިސްގައި ވެސް ވަނީ ބޮޑު ޖަނާޒާއެއް ބާއްވާފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން މި ހަފުތާގައި 88 މީހުންގެ ހަށިގަނޑު ހިމެނޭ ކޮންޓެއިނަރެއް އަނބުރާ ފޮނުވާލީ "ދެނެގަނެވޭނެ އެއްވެސް މައުލޫމާތެއް ނެތި" - ފޮޓޯ: އޭއެފްޕީ
އިޒްރޭލުން ޣައްޒާއަށް އެނބުރި އައި ފަލަސްތީނުގެ 88 މީހެއްގެ ހަށިގަނޑު، ދެކުނުގެ ޚާން ޔުނިސްގައި ކަމާބެހޭ ފަރާތްތަކުން ވަޅުލާފައިވާއިރު، އިޒްރޭލުގެ އަސްކަރިއްޔާއިން އެ ހަށިތަކާ މެދު އަމަލުކުރަމުން ދިޔަ ލާއިންސާނީ އަމަލުތައް ހެލްތު މިނިސްޓްރީން ވަނީ ކުށްވެރިކޮށްފަ - ފޮޓޯ: އޭއެފްޕީ
ޣައްޒާގެ މެދުތެރޭގެ ނުސީރަތު ރެފިއުޖީ ކޭމްޕްގައި ހުންނަ އދއިން ހިންގާ އަލް ޖައޫނީ ސްކޫލަށް ދިން ހަމަލާއެއްގައި 18 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދގެ އެޖެންސީ (އުންރްވާ)ގެ ހަ މުވައްޒަފަކު ވެސް ހިމެނޭ - ފޮޓޯ: އޭއެފްޕީ
ޣައްޒާގެ މަދަނީ ދިފާއީ އިދާރާގެ ތަރުޖަމާނު މަހްމޫދު ބަސަލް ވިދާޅުވީ ޖަބަލިއާގެ ސްކޫލަށް އިޒްރޭލުން ދިން ބޮމުގެ ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް 15 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވޭ - ފޮޓޯ: އޭއެފްޕީ
ވަށާލާފައިވާ އެންކްލޭވްގެ 2.3 މިލިއަން މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ހަނގުރާމައިގެ ސަބަބުން އެތައް ފަހަރެއްގެ މަތިން ގެދޮރު ގެއްލިފައި - ފޮޓޯ: އޭއެފްޕީ
މި ހަމަލާއަކީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަންދެން ހަނގުރާމަތައް ހިނގަމުން އަންނަ ޣައްޒާގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ދިރިއުޅޭ ސްކޫލް އިމާރާތްތަކަށް އިޒްރޭލުން ދިން ސިލްސިލާ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުގެ ހަމަލާ - ފޮޓޯ: އޭއެފްޕީ
ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕްގައި ގެދޮރު ގެއްލިފައިވާ މީހުންގެ ހިޔާވަހިކަން ދޭ ސްކޫލަކަށް އިޒްރޭލުން ދިން ހަމަލާގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ ޖަނާޒާ - ފޮޓޯ: އޭއެފްޕީ