ކ. މާލެ
|
14 މެއި 2021 | ހުކުރު 17:28
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ދެކަނބަލުންނާއި ޚިޔާނާތުގެ ބޮޑެއް: ޖުމްލަ 4.5 ބިލިޔަން ޑޮލަރު ވަނީ ވަގަށް ނަގާފައި
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ދެކަނބަލުންނާއި ޚިޔާނާތުގެ ބޮޑެއް: ޖުމްލަ 4.5 ބިލިޔަން ޑޮލަރު ވަނީ ވަގަށް ނަގާފައި
ބީބީސީ
މެލޭޝިޔާގެ ޚިޔާނާތް
ވަގަށް ނެގި ފައިސާގެ ތެރެއިން 420 މިލިޔަން ޑޮލަރު އަލުން ދައުލަތަށް
މީގެ ތެރެއިން 3.8 ބިލިޔަން އެކިފަހަރު މަތިން ވަނީ ލިބިފައި
2009ން 2014ށް ޖުމްލަ 4.5 ބިލިޔަން ޑޮލަރު ވަނީ ލޫޓުވާފައި
އެމްޑީބީ ޚިޔާނާތަކީ މެލޭޝިޔާގެ ތާރީޚުގައިވެސް އެންމެ ބޮޑު ޚިޔާނާތް

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާއި އޭނާގެ ބައިވެރިން ދައުލަތް ލޫޓުވާލައިގެން ނެގި ފައިސާގެ ތެރެއިން 420 މިލިޔަން ޑޮލަރު އެމެރިކާއިން މެލޭޝިޔާއަށް އަލުން ރައްދުކޮށްދީފިއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މެލޭޝިޔާ ސަރުކާރަށް ރައްދުކޮށްދިން ފައިސާޔަކީ މެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހާޑް މެދުވެރިކޮށް ނަޖީބުމެން ވަގަށް ނެގި ފައިސާގެ ތެރެއިން އެމެރިކާގެ ބޭންކުތަކުގައި ހުރި ފައިސާޔާއި ގަނެފައިވާ ބިންބިމާއި އިމާރާތުގެ ފައިސާއެވެ. މި ފައިސާ ލިބިއްޖެ ކަމަށް މެލޭޝިޔާއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އެމްޑީބީ ޚިޔާނާތަކީ މެލޭޝިޔާގެ ތާރީޚުގައިވެސް ބަޔަކު ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތެވެ. ސަރުކާރުން ބުނާގޮތުގައި 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމަޔަށް އޭރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާއި އޭނާގެ ބައިވެރިން ވަނީ 4.5 ބިލިޔަން ޑޮލަރު ވަގަށް ނަގައިފައެވެ. މީގެ ތެރެއިން 3.89 ބިލިޔަން ޑޮލަރު ފާއިތުވީ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި އަލުން ދައުލަތަށް ވެއްދިފައިވާ ކަމަށް މެލޭޝިޔާގެ ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އެމްޑީބީގެ ޚިޔާނާތާ ގުޅިގެން ވަރަށް ގިނަ ބައެއްގެ މައްޗަށް ވަނީ ދައުވާކުރެވި ސަރިޔަތްވެސް ހިންގިފައެވެ. އޭގެތެރޭގައި ކުރީގެ ބޮޑުވަޒީރު ނަޖީބާއި އޭނާގެ އަނބިކަނބަލުންވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް
16 މެއި 2021 | އާދީއްތަ 10:50
މާޅޮސް ރިޒާ
ރާއްޖެއިން ކޮއްގެން މިއުޅޭ ވައްކަމުގެ ފައިސާގެ ބަޔެއްވިޔަސް ތިގޮތަށް ލިބޭނެބާ؟
14 މެއި 2021 | ހުކުރު 19:06
އަސްލު ހަގީގަތް
މިޤައުމުގައިނަމަ ތިޔަ ފައިސާގެ އެންމެ ޑޮލަރެއްވެސް ނުހޯދުނީސްކަން ޔަޤީން. މިފެންނަނީ ކަންކަން ކުރަން އެނގޭ ފަރާތްތަކާއި އެހެންމީހުންގެ ތަފާތު.