ރ. އުނގޫފާރުގައި މަގުހެދުމުގެ މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ން ބުނީ މި މަޝްރޫޢުގެ 75 އިންސައްތަ ނިމިފައިވާ ކަމަށާއި ސަބްބޭސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތުގެ 77 އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމަށް ވަޏީ ހަމަޖެހިފައެވެ. 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
![](https://dyncz33htw1ec.cloudfront.net/posts/5fd19dbb-67cf-4b04-9d4e-bff7beca2a46.png)
މިމަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ.
މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 19.3 މިލިއަން ރުފިޔާ ޚަރަދު ކުރެވޭނެ ކަމަށް ލަފާ ކުރެވެއެވެ. މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019ވަނަ އަހަރުގެ މެއި 22 ވަނަ ދުވަހުއެވެ.