ކ. މާލެ
|
7 މެއި 2021 | ހުކުރު 03:39
ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިނުން
ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިނުން
ރާއްޖެއެމްވީ
ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
ލޮލުގެ ކައިރިއަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ވަނީ އަނިޔާވެފައި
ސީޓީ ސްކޭނަކުން އެމަނިކުފާނުގެ ފުއްޕާމެއަށް ވެސް އަސަރު ކޮށްފައިވާކަން އެނގިފައިވޭ
އެމަނިކުފާނު މިހާރު ވެސް އޮންނެވީ އޮޕަރޭޝަން ތިއޭޓަރުގައި

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް ކަން ރާއްޖެއެމްވީ އަށް އެނގިއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ 8:00ހާއިރު، ރައީސް ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލާފައިވާއިރު، އެ ހަމަލާގައި ލިބުނު އަނިޔާތަކަށް އެމަނިކުފާނު ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި، އެމަނިކުފާނަށް އެކި ވަރުގެ އަނިިޔާ ލިބިފައިވާއިރު، ލޮލުގެ ކައިރިއަށާއި ހަށިގަނޑުގެ އެކި ހިސާބުތަކަށް ވަނީ އަނިޔާވެފައެވެ. ހެރިފައި ހުރި ބިއްލޫރިކޮޅުތަކާއި، އެނޫންވެސް ތަކެތި ނެއްޓުމަށް ފަހު ހެދި ސީޓީ ސްކޭނަކުން އެމަނިކުފާނުގެ ފުއްޕާމެއަށް ވެސް އޭގެ އަސަރު ކޮށްފައިވާކަން އެނގިފައިވެއެވެ. އެތަކެތި ނެއްޓުމުގެ މައްސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެނގިފައިވެއެވެ.

އެކަމަށްޓަކާ އިތުރު އޮޕަރޭޝަނެއް ކުރަމުން އަންނަ ކަމަށާއި، އެމަނިކުފާނު މިހާރު އޮންނެވީ އޮޕަރޭޝަން ތިއޭޓަރުގައި ކަން ވެސް އޭޑީކޭ ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވެއެވެ.

ރައީސް ނަޝީދަށް ހަމަލާދިން ސަރަހައްދުގައި ހުރި ފިހާރަތަކާއި ތަންތަނުގެ ބިއްލޫރިތައް ވެސް ތަޅައިގެން ގޮސްފައިވާއިރު، އެ ހަމަލާގައި އެ ސަރަހައްދުގައި ހުރި ބައެއް ވެހިކަލްތަކަށް ވެސް ގެއްލުންވެފައިވެއެވެ.

ރައީސް ނަޝީދުގެ އިތުރަށް އެ ސަރަހައްދުގައި ހުރި ބިދޭސީއަކާއި ދިވެއްސެއްގެ އިތުރަށް ރައީސް ނަޝީދުގެ ތިން ބޮޑީގާޑުންނަށް ވެސް އެކިވަރުގެ އަނިޔާވެފައިވެއެވެ.

އެ ސަރަހައްދަށް ލިބިފައިވާ ގެއްލުންތަކާއި، އަނިޔާވި އެހެން މީހުންނަށް ވެފައިވާ ގެއްލުމަށް ބަލާފައި ވެސް ހަމަލާގެ ނުރައްކާތެރިކަމާއި ބާރު އެނގިގެން ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް