ބޭނުންވާ ތަކެތި
- 3/2 ޖޯޑު މިލްކް
- 1 ޖޯޑު މިލްކް ޕައުޑަރ
- ހަކުރު (ހިމުންކޮށްފަ ހުންނަ ހަކުރު / ޕައުޑަރ ހަކުރު)
- ކާކުލަ (ރަތް ނުވަތަ ބޭނުން ކުލައެއް)
- 1 ކާށި ހުނި
ތައްޔާރުކުރާނެ ގޮތް
ތެއްޔެއް ނުވަތަ ތަވައެއްގައި މިލްކު ކައްކާލާށެވެ. ދެން ކުޑަކޮށް ބޮކިޖަހަން ފެށުމުން މިލްކް ޕައުޑަރ މަޑުމަޑުން އަޅަމުން ހަލަމުންދާށެވެ. ދެން އޭގެ ތެރެއަށް ކާކުލަ އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ.
އެއަށްފަހު އޭގެ ތެރެއަށް ހަކުރު އަޅާލާށެވެ. ދެން ގުޅަޖެހޭ ވަރަށް ކިރު ތަތްވެ ވަކިވަންދެން ކައްކާލާށެވެ. ކައްކާ ނިމޭއިރު ހުންނާނީ ފުއްގަނޑު މޮޑެވޭގޮތަށް ކެކިފައެވެ. ދެން ގުޅަ ވެށުމަށްފަހު، ގުޅައިގެ ބޭރުގައި ހުނި ލާށެވެ. މިހާރު މިހުރީ ލައްޑޫ ތައްޔާރުވެފައެވެ.