ކ. މާލެ
|
19 އޭޕްރިލް 2021 | ހޯމަ 15:13
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އޭސީސީގެ ގާނޫނު އިސްލާހުކުރުން
ކޮރަޕްޝަން މާނަކުރުމާ ގުޅޭގޮތުން އޭސީސީގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފި
މި އިސްލާހު ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ އިއްތިފާގުން
ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރ މުހައްމަދު ޝާހިދު
މި ބިލް ދިރާސާކޮށްފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން

ކޮރަޕްޝަން މާނަކުރުމާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި މި އިސްލާހު ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ އިއްތިފާގުންނެވެ. ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެމްބަރ މުހައްމަދު ޝާހިދު ހުށަހެޅުއްވި މި ބިލް ދިރާސާކޮށްފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ.

މިހާރު ގެނެސްފައިވާ އިސްލާހުގައި ކޮރަޕްޝަން ކަމަށް ބުނެފައިވަނީ ކޮރަޕްޝަންގެ ކުށާއި، ކޮރަޕްޝަންގެ ކުށެއް ކުރުމަށްޓަކައި ހިންގާ އެންމެހައި އަމަލުތައް ހިމެނޭ ގޮތަށް ކަމަށެވެ. އަދި ޤާނޫނުލް އުގޫބާތުގެ 6 މާއްދާއެއްގައި ބަޔާންކޮށްފައިވާ ކުށާއި އެނޫން ވެސް ޤާނޫނެއްގައި ކޮރަޕްޝަންގެ ކުށް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށެއް އެއީ ކޮރަޕްޝަން ކަމަށް ބެލެވޭނެ ކަމަށް މި އިސްލާހުގައި ބުނެފައިވެއެވެ.

ބިލް ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ ބިލް ހުށަހަޅުއްވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނު އުވާލުމަށް ހުށަހަޅާފައިވާތީ އެ ޤާނޫނު އުވާލާއިރު އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު ގެ 23 ވަނަ މާއްދާގައި ހިމެނޭ ކޮރަޕްޝަންގެ މާނަ އިސްލާހު ކުރަން ޖެހޭތީ އެ އިސްލާހު އެ ޤާނޫނަށް ގެނައުމަށްޓަކައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް