ކ. މާލެ
|
17 މާރޗް 2021 | ބުދަ 08:39
އޭސީސީގެ އެވެއަރނެސް ސެޝަނެއްގެ ތެރެއިން
އޭސީސީގެ އެވެއަރނެސް ސެޝަނެއްގެ ތެރެއިން
އޭސީސީގެ އަހަރީ ރިޕޯޓް
ފާއިތުވި 3 އަހަރުގެ ތެރޭގައި ދައުވާކުރުމަށް އެންމެ ގިނަ މައްސަލަ ފޮނުވާފައިވަނީ 2020 ވަަނަ އަހަރު - އޭސީސީ
961 މައްސަލައެއް ބަލައި، 15 މައްސަލައެއްގެ ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވޭ
އިދާރާތަކަށް އިޞްލާޙުކުރުމަށް 341 އެންގުމެއް
2019 ވަނަ އަހަރާ އަޅާބަލާއިރު 35 އިންސައްތަ އިތުރު އަދަދެއް

ފާއިތުވި 3 އަހަރުގެ ތެރޭގައި އެންޓިކޮރަޕްޝަން ކޮމިޝަނުން އެންމެ ގިނަ މައްސަލައިގެ ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އަހަރުއެވެ. އެ ކޮޝަނުން އާންމުކޮށްފައިވާ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި، 2020 ވަނަ އަހަރު 961 މައްސަލައެއް ބަލައި، 15 މައްސަލައެއް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ.

ދައުވާކުރުމަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަ ކަަމަށާއި، އަދި ތަޙުޤީޤާއި ދިރާސާ ކަރުދާސްތަކަށްފަހު އިދާރާތަކަށް އިޞްލާޙުކުރުމަށް 341 އެންގުމެއް ކޮމިޝަނުން އަންގާފައިވާކަމަށް ކޮމިޝަންގެ ރިޕޯޓުގައިވެއެވެ.

އަދި ހަމައެހެންމެ، 29,158,155.91 ( ނަވާވީސް މިލިއަން އެއްލައްކަ ފަންސާސް އަށްހާސް އެއްސަތޭކަ ފަންސާސް ފަސް ރުފިޔާ ނުވަދިހަ އެއްލާރި) ދައުލަތަށް އަނބުރާ ހޯދުމަށްޓަކައި ކަމާބެހޭ އިދާރާތަކަށް އަންގާފައިވެއެވެ.

Advertisement

2020 ވަނަ އަހަރު އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، ކޮމިޝަނުން އިސްނަގައިގެން ބަލަން ކަނޑައެޅި 82 މައްސަލައަކާއި، ކޮމިޝަނުގައި ރަޖިސްޓްރީ ކުރި 856 މައްސަލައަކާއެކު، ޖުމްލަ 938 މައްސަލަ އެ ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވެއެވެ. މިއާއެކު ފާއިތުވި އަހަރު ކޮމިޝަނުންވަނީ 961 މައްސަލައެއް ބަލައި ނިންމާފައެވެ. މިއީ، 2019 ވަނަ އަހަރާ އަޅާބަލާއިރު 35 އިންސައްތަ އިތުރު އަދަދެއްކަމަށް ރިޕޯޓުގައިވަނީ ފާހަގަކޮށްފައިވެއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުމުގެ މަސައްކަތްތަކުގެ ދަށުން، 2020 ވަނަ އަހަރުގެ ތެރޭގައި، ހޭލުންތެރިކުރުމުގެ 41 ސެޝަނެއް ހިންގާފައިވާއިރު، ރިސްކް އެސެސްމެންޓް އަދި ގައިޑްލައިން ގެ މަސައްކަތްތަކުގެ ތެރެއިން 6 ކަރުދާހެއްގެ މަސައްކަތް ކޮށް، މީގެ ތެރެއިން 3 ކަރުދާހެއްވަނީ ޝާއިޢުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް