Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2021 | ހޮނިހިރު 19:12
ހއ. އުތީމު
ހއ. އުތީމު
ރާއްޖެއެމްވީ
15 ރަށެއްގެ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓް
15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއި ކޮށްފި
މި 15 ރަށުގެ މަސައްކަތް ކުރިޔަށް ގެންދާނީ ދިވެހި ސަރުކާރުގެ ބަޖެޓުން

ޑިޒައިން އެންޑް ބިލްޑް އުސޫލުން 15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު ތަކުގެ ކޮންޓްރެކް އެގްރީމަންޓް ތަކުގައި ސޮއި ކޮށްފިއެވެ.

މި ރަށްތަކުގެ ތެރެއިން 6 ރަށެއްގެ މަސައްކަތް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާއިރު 3 ރަށެއްގެ މަސައްކަތް ހަވާލު ކޮށްފައިވަނީ މައިކްރޯން ޕްރައިވެޓް ލިމިޓެޑާއެވެ. އަދި 2 ރަށެއްގެ މަސައްކަތް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން މާކްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ވަނީ ހަވާލު ކޮށްފައެވެ.

Advertisement

މި މަޝްރޫއުތަކުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގްއެވެ.

ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރެވުނު ރަށްތަކަކީ:-

- އއ. ބޮޑުފޮޅުދޫ (މަސައްކަތް 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް)

- ގދ. ރަތަފަންދޫ (މަސައްކަތް 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް)

- ތ. އޮމަދޫ (މަސައްކަތް 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް)

- ދ. މާއެނބޫދޫ (މަސައްކަތް 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް)

- ހއ. އުތީމު (މަސައްކަތް 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް)

- ހދ. ނައިވާދޫ (މަސައްކަތް 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް)

މައިކްރޯން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރެވުނު ރަށްތަކަކީ:-

- ފ. ފިއަލީ ( މަސައްކަތް 570 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް)

- ރ. ރަސްމާދޫ (މަސައްކަތް 570 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް)

- ތ. ބުރުނީ (މަސައްކަތް 570 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް)

އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރެވުނު ރަށްތަކަކީ:-

- ދ. ރިނބިދޫ (މަސައްކަތް 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް)

- ތ. ވޭމަންޑޫ (މަސައްކަތް 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް)

މާކްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުވުނު ރަށްތަކަކީ:-

- ރ. މާކުރަތު (މަސައްކަތް 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް)

- ގއ. ކޮނޑޭ (މަސައްކަތް 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް)

ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކުރެވުނު ރަށްތަކަކީ:-

- ދ. ހުޅުދެލި (މަސައްކަތް 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް)

- ލ. ދަނބިދޫ (މަސައްކަތް 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް)

ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކުރާ މި 15 ރަށުގެ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 407،145،030.01 ރުފިޔާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް