ކުންފުނިތަކާއި ކުޅިވަރު ކުލަބު ޖަމިއްޔާތަކާއި ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މުވައްޒަފުން ގުރޫޕު ވެކްސިނޭޝަނަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ފުރުސަތު ހުޅުވާލާފައިވަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގްރޫޕެއްގައިވެސް ހިމެނޭ ފަރާތްތަކުން އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅާނެ ވަކި އިދާރާއެއް ވަނީ ކަނޑައަޅާފައެވެ.
އެޗްޕީއޭއިން ބުނީ ކެފޭ، ފިހާރަ، ރެސްޓޯރެންޓް އަދި އަމިއްލަ ކުންފުނިތަކުން އެޕޮއިންޓްމަންޓް ހައްދަން ގުޅާނީ އިކޮނޮމިކް މިނިސްޓްރީގެ ނަންބަރު 3333188 އަށެވެ. ނުވަތަ އެ މިނިސްޓްރީގެ މެއިލް[email protected]އަށް އީމެއިލް ކުރެވިދާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކުޅިވަރު ކުލަބުތަކާއި ޖަމިއްޔާތަކާއި އެންޖީއޯތަކުން ޔޫތު މިނިސްޓްރީގެ ނަންބަރު 3347465، 3347329 އަށް ގުޅައިގެން ނުވަތަ[email protected]އަށް އީމެއިލް ކޮށްގެން އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ފިޝަރީޒް މިނިސްޓްރީގެ ނަންބަރު 3339286 އަށް ގުޅައިގެންނާއި[email protected]ނުވަތަ[email protected]އަށް އީމެއިލް ކުރުމުން އެޕޮއިންޓްމަންޓް ހަމަޖެއްސޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.
ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން ޓޫރިޒަމް މިނިސްޓްރީގެ ނަންބަރު 3022245 އަށް ގުޅައިގެން އަދި އެ މިނިސްޓްރީގެ މެއިލް[email protected]އަށް އީމެއިލް ކޮށްގެން ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑް-19ށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށާފައިވަނީ މިފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އަދި މިހާތަނަށް 64،048 މީހަކަށް ވަނީ ވެކްސިން ދީފައެވެ.