ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ފުރާވަޑައިގެންފިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ޔޫއޭއީއަށް ކުރައްވާ މިދަތުރުފުޅަކީ ފެބްރުއަރީ މަހުގެ 20ން 25ށް އެގައުމުގައި ބާއްވާ އެގްޒިބިޝަނެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިއެގްޒިބިޝަނަކީ "އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން އާއި ނޭވަލް ޑިފެންސް އެގްޒިބިޝަން" އެވެ.
މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ޔޫއޭއީއަށް މިވަޑައިގަންނަވަނީ މިއެގްޒިބިޝަންގައި ބައިވެރިވެވަޑައިގެންނެވުމަށް ޗީފް އޮފް ސްޓާފް އޮފް ދަ ޔޫއޭއީ އާމްޑް ފޯސަސް ދެއްވި ދައުވަތަކަށެވެ.