ކ. މާލެ
|
19 ޑިސެންބަރ 2020 | ހޮނިހިރު 18:44
ކޮވިޑާއި ގުޅިގެން ދަރުބާރުގޭގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިން
ކޮވިޑާއި ގުޅިގެން ދަރުބާރުގޭގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިން
ރާއްޖެއެމްވީ
ސިއްހީ ހާލަތު ދެނެގަތުން
ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތައް ދެނެގަތުމަށް ހާއްސަ ޕްރޮގްރާމެއް ފަށަނީ
މަޢުލޫމާތު އެއްކުރުމުގައި އާންމުންގެ ފަރާތުން އެއްބާރުލުން ބޭނުންވޭ

ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ދިގު މުއްދަތަށް ބޭސް ފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތައް ދެނެގަތުމަށް ކުރެވޭ ދިރާސާ މާލެ ސަރަހައްދުގައި ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މި މަހުގެ 17 ވަނަ ދުވަހު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ފަށާފައިވާ "ސްޓެޕް ސާރވޭ" އަށް މާލެ ސަރަޙައްދުގެ ރައްޔިތުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިސާރވޭގައި މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ ގޭބިސީތަކުގެ ތެރެއިން ގުރުއަތުން ނެގިފައިވާ ގޭބިސީތަކަށް މައުލޫމާތު އެއްކުރުމަށް ޒިޔާރަތްކުރަމުން ގެންދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ސްޓެޕް ސާރވޭއަކީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅިފައިވާ އަދި ދިގު މުއްދަތަކަށް ބޭސް ބޭނުންކުރަންޖެހޭ ފަދަ ބަލި ނުވަތަ ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މަގުފަހިވާ ކަންކަން ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ކުރިއަށްގެންދާ ދިރާސާއެކެވެ.

މި ސާރވޭއަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ޤައުމީ ޔުނިވާސިޓީ އަދި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ދިރާސާއަކަށްވާއިރު، މި ސަރވޭގައި މަޢުލޫމާތު އެއްކުރުމަށް ދާ ފަރާތްތަކުން ޤައުމީ ޔުނިވަރސިޓީން އެކަމަށް ދޫކޮށްފައިވާ ޚާއްސަ ފާހެއް ބޭނުންކުރާނެ ކަމަށްވެސް އެޗްޕީއޭގެ އިއުލާނުގައި ބުނެފައިވެއެވެ.

އެޗްޕީއޭއިން ވަނީ މިސާރވޭއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގައި އާންމުންގެ ފަރާތުން އެއްބާރުލުން ދެއްވުމަށް އެދިފައެވެ.

- ކޮމެންޓް
19 ޑިސެންބަރ 2020 | ހޮނިހިރު 19:40
ހައްހަސް
ގައިންގަޔަށް ނާރާ ބަލިތައް އިތުރު ވުމުގެ ސަބަބަކީ ސްޓްރެސް!!!!! ގޭތެރޭގެ ސްޓްރެސް. އިގްތިސޯދީ ސްޓްރެސް. މަހުޖަނުންނަށް ގުލާނު ކޮށްދީގެން ބަނޑުފުރަާނަ މުއްތި ކޮށްލެވޭ ވަރު އެކަނި ވަމުން ނުވަމުން ދިޔުމުގެ ސްޓްރެސް ދެން އެޔަށް ފަހު އަޑު ގަދަވުން.. ރޭގަނޑުވެސް ކޮންކްރީޓު އެޅުމާ މަގުހެދުމާ މިކަހަލަ ކަންކަން ތަރައްގީގެ ނަމުގައި ކުރީމާ އާދައިގެ މީހާޔަށް ނިދި ނުލިބި މަސައްކަތުގައި އުޅެން ޖެހުން. ދިރާސާ ފެށުމުގެ ކުރިން މިކަންކަމަށް ވިސްނާލިންތަ؟