އެމްއެންޑީއެފުން މާލެއާއި ހުޅުލެ އަދި ހުޅުމާލެގައި އަސްކަރީ ތަމްރީނުތަކެއް ހިންގުމަށް ނިންމައިފިއެވެ.
އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، ތަމްރީނުތައް ކުރިއަށްދާނީ މި ހިނގާ ޑިސެމްބަރު މަހުގެ 20ން ފެށިގެން 24ށް ކަމަށެވެ. އެގޮތުން މާލެއާއި، ހުޅުލޭގެ އިތުރުން ހުޅުމާލޭގައި ކުރިއަށް ގެންދާ މި އަސްކަރީ ތަމްރީނުތަކުގައި ހުޅުމާލޭ ފޭސް 2 ގައި އާންމުން ދިރިއުޅޭ ހިސާބުތަކުގައި "ބްލޭންކްސް" އަދި "ޕައިރޯޓެކްނިކްސް" ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން ގެންދަނީ ސިލްސިލާކޮށް އެކި ބާވަތުގެ އަސްކަރީ ތަމްރީނުތައް ހިންގަމުންނެވެ. އެގޮތުން ދާދި ފަހުން މެޝިން ގަން ފަޔަރިން ގެ ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، މި ތަމްރީނުތަކުގައި ހަތިޔާރު / ޕައިރޯޓެކްނިކްސް ބޭނުންކުރާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
އެމްއެންޑީއެފުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭރުގެ ގައުމުތަކާއި ގުޅިގެން ވެސް ޚާއްސަ ތަމްރީންތައް ބާއްވަމުންދެއެވެ.