ކ. މާލެ
|
18 ޑިސެންބަރ 2020 | ހުކުރު 03:01
ވިލިނގިލި މަގުމަތީގައި ބަޔަކު ހިނގާފަ ދަނީ - ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށް ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން 30 މީހުންނަށްވުރެ ގިނައިން އެއްވުން މީގެ ކުރިން އެޗްޕީއޭއިން އޮތީ މަނާ ކޮށްފައި
ވިލިނގިލި މަގުމަތީގައި ބަޔަކު ހިނގާފަ ދަނީ - ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށް ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން 30 މީހުންނަށްވުރެ ގިނައިން އެއްވުން މީގެ ކުރިން އެޗްޕީއޭއިން އޮތީ މަނާ ކޮށްފައި
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
އާދިއްތަ ދުވަހުން ފެށިގެން ބޮޑެތި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވޭނެ
މި ނިންމުމަށް އަމަލު ކުރަން ފަށާނީ 20 ޑިސެމްބަރު 2020 ވާ އާދިއްތަ ދުވަހުން ފެށިގެން
ގައިޑްލައިންގައިވާ ގޮތަށް ކުޅިވަރު މުބާރަތްތައް ބޭއްވުމުގެ ހުއްދަ ވެސް ދޭނެ
އޮފީސް މަސައްކަތާގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށް މީގެ ކުރިން ވަނީ އެދިފައި

އާދިއްތަ ދުވަހުން ފެށިގެން ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެރޭ އެޗްޕީއޭއިން ނެރުނު އިއުލާނެއްގައި ބުނީ، މީގެ ކުރިން އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން 20 ޑިސެމްބަރު 2020 ވާ އާދިއްތަ ދުވަހުން ފެށިގެން އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވޭނެކަން އެޗްޕީއޭއިން ވަނީ ފާހަގަ ކޮށްފައެވެ.

އޭގެ އިތުރުން، އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންގައިވާ ގޮތަށް ކުޅިވަރު މުބާރަތްތައް ބޭއްވުމުގެ ހުއްދަ ވެސް އާދިއްތަ ދުވަހުން ފެށިގެން ދިނުމަށް ވަނީ ނިންމާފައެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެޗްޕީއޭއިން މީގެ ކުރިން ވަނީ 30ށް ވުރެ ގިނަ މީހުން ތަންތަނަށް އެއް ނުވުމަށް އިލްތިމާސްކޮށްފައެވެ.

ކޮވިޑުގެ ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން މާލެ ސަރަޙައްދު ލޮކްޑައުން ކޮށްފައި އޮތުމަށްފަހު، ލޮކްޑައުން އަށް ލުއި ދިނުމާއި ގުޅިގެން ގިނަ މީހުން އެއްވާ ގޮތަށް ހަފްލާތަކާއި، ޕާޓީތަކާއި ޖަލްސާތަކާއި އަދި އެހެނިހެން އެއްވުންތައް ބާއްވަން ފެށިއެވެ. އެއާއެކު އަނެއްކާވެސް ކޮވިޑުގެ ކޭސްތައް އޭރު އިތުރުވެގެން ދިޔަ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއާއެކު އެޗްޕީއޭއިން ވަނީ ލޮކްޑައުން އަށް ލުއިދިނުމަށް އެ އޭޖެންސީން އާއްންމު ކޮށްފައިވާ ގައިޑްލައިންތަކަށް އަމަލުކުރަން ބާރު އަޅާފައެވެ.

އެގޮތުން ކޮންމެހެން މީހުން ހާޒިރުވެގެން ބާއްވަން ޖެހޭ ބައްދަލުވުންތައް ފިޔަވައި، އޮފީސް މަސައްކަތާގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށާއި، 30 މީހުންނަށް ވުރެ މަދުން މީހުން ބައިވެރިވާ ބައްދަލުވުންތައް ވެސް ކޮންމެހެން ބާއްވަންޖެހޭ ހާލަތުގައި މެނުވީ ނުބޭއްވުމަށް ބާރު އަޅާފައިވެއެވެ.

ރާއްޖެއިން މިހާރަކަށް އައިސް ފެންނަ ކޮވިޑުގެ ކޭސްތައް ވަނީ މަދުވާން ފަށާފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުވެސް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 16 މީހުންނެވެ. އަދި މި ވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 535 އެވެ.

- ކޮމެންޓް
18 ޑިސެންބަރ 2020 | ހުކުރު 11:59
ޞައްދާމު
ދެން ހުއްދަ ނުހޯދާ ރަށްރަށަށް ދެވޭނެތަ؟