މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ ފިޔާތޮށި ގޯޅީގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާ ދީފައިވާކަމަށެވެ. އަދި މި މައުލޫމާތު އަންގާރަ ދުވަހުގެރޭ 22:05 ހާއިރު ލިބިފައިވާ ކަމަށެވެ.
ލިބުނު ޒަހަމްތަކާއި ގުޅިގެން އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހާއަށް ހަމަލާދީފައިވަނީ ވެސް ބިދޭސީއެކެވެ. އަދި ހަމަލާ ދިނުމަށްފަހު އެމީހާ ފިލާފައިވާ ކަމަށެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.